ރިޕޯޓް ބަދުއަޚްލާގީ ފާޙިޝް ކޮންމެ ޢަމަލަކީ ޒިނޭގެ ޢަމަލެއް!

ބަދުއަޚްލާގީ ފާޙިޝް ކޮންމެ ޢަމަލަކީ ޒިނޭގެ ޢަމަލެއް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހުމަދު މިސްބާހް

އަހަރުމެން އިންސާނުން މާތްކުރައްވާ ﷲ ތައާލާ މިބިންމައްޗަށް ފޮނުވީ ﷲއަށް އަޅުކަން ކުރުމަށެވެ. އަދި އެކަލާނގެ އަންގާވައި ގޮތަށް އުޅުމަށެވެ. އެއްވެސް ހާލެއްގައި ވަލުޖަނަވާރުން އުޅޭގޮތަށް ހަމައެއް ލަމައެއްނެތި އުޅޭކައްނޫނެވެ. ޒިނޭހަރާމްވެފައި ކައިވެނި ހުއްދަވީ ކީއްވެ؟ ޒިނޭކުރާ މީހާއަށް ހައްދުޖަހާފައި ކައިވެނި ކުރާ މީހާއަށް ހައްދުގައިމު ނުކުރަނީ ކީއްވެ؟ މިއީ ހުސް ސުވާލު މިކަމާއި ވިސްނައިފި މީހަކަށް އިބްރަތް ހާސިލުވާނެވެ.އިންސާﷲ

އާދެ! ޒިނޭ އަކީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ޙަރާމްކުރައްވާފައިވާ ބޮޑެތިފާފަތަކުގެ ތެރެއިން ފާފައެކެވެ.އަދި ﷲތަޢާލާ ވަނީ ޒިނޭ އާއި ކައިރި ކުރުވަނިވި، އަދި އެއަށް ގޮވާލާ ހުރިހާ މަގެއް ޙަރާމްކުރައްވާފައެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَلاتَقْرَبُواالزِّنَىإِنَّهُكَانَفَاحِشَةًوَسَاءَسَبِيلاً)) الإسراء:32. މާނައީ: "އަދި، ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ އަދި މަގެއްގެ ގޮތުން ނުބައިވެގެންވާ އަމަލެކެވެ".

އަންހެނަކާއި ފިރިހެނަކާ ދެމެދު ހިންގޭ ބަދުއަޚްލާގީ ފާޙިޝް ކޮންމެ ޢަމަލަކީ ޒިނޭގެ ޢަމަލެކެވެ .މިޢަމަލުތަކަށް މަޖާޒީގޮތުން ޒިނޭއޭ ބުނެވެނީ މިޢަމަލުތަކަކީ ޙަޤީޤީ ޒިނޭގެ ފެށުމަކަށްވާތީވެ އަދި އެކަމަށް މަގުފަހިކުރުވާތީއެވެ. ނަމަވެސް މިފަދަ ޢަމަލުތަކަށް ދެވޭ އަދަބަކީ ތަޢްޒީރުކުރުމެވެ. މިފަދަ ކޮންމެ ޢަމަލަކީ ޙަރާމްކަން ބޮޑުވެގެންވާ ފާފައެކެވެ. އެކަން ވަރަށް ސާފުކޮށް ބަޔާންކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ މިފަދައިންނެވެ. "ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކޮންމެ އާދަމުގެ ދަރިއަކަށްވެސް ޒިނޭއިން އޭނާއަށް މިންވަރެއް ލިޔުއްވާފައެވެ. އެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ފަހެ ލޮލުގެ ޒިނޭއަކީ ބެލުމެވެ. އަދި ދުލުގެ ޒިނޭއަކީ ވާހަކަ ދެއްކުމެވެ. އަދި ނަފްސު އެކަމަށް އެދި ދަހިވެތި ވެއެވެ. އަދި ލަދުވެތި ގުނަވަން އެކަން ތެދުކޮށް ދޮގުކުރެއެވެ."

އެހެންކަމުން މުސްލިމަކު ޒިނޭގެ އެއްވެސް ޢަމަލެއް (އެއީ އަތުގެ ޒިނޭ، ލޮލުގެ ޒިނޭ، ފައިގެ ޒިނޭ އެއްކަމުގައިވިޔަސް) ކުރުން އެއީ ހުއްދަކަމެއް ނޫނެވެ.

މިދިޔަ ހަފްތާގައި އޮފީހަށް އައިއިރު ޖަސްޓިސް ބިލްޑިންގް ވަށައިފާރު ކައިރީގަޔާއި މަގުމަތީގައި ދުއްވާ އެއްޗެއްހިގެ ބާރުވާނީ ބޮޑުވެފައި އެވެ. ހީކުރީ ކޮންމެވެސް ޕާޓީ އަކުން ޖަސްޓިސްކައިރިއަށް އެއްވެގެން އުޅޭނީހެނެވެ. ވާނީވެސް އެހެންތާއެވެ! އެދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެތެރެއިން އެމަޖިލީހުން ކަނޑައެޅުއްވި މެމްބަރު ޑރ. އަފްރާޝީމް ޢަލީގެ ވަކި ކުރި ދުވަހެވެ.

އަހަރެން ސައިކަލް ބަހައްޓާފައި ކިހިނެއްވެގެންތޯބަލާލިމެވެ. މީހަކު ޒިނޭކޮށްގެން އޭނައަށް އިސްލާމް ދީނުން ކަޑައަޅާފައިވާހައްޤު އަދަބު އާދޭ! 100 އެތިފަހަރުން ހައްދުޖަހާތަން ބަލަން އެތަށް ބަޔަކު އެއްވެތިބި ތަނެއެވެ. އިސްލާމް ދީނުގައި އަންގަވާ ފައިވާނީ ފާޅުކަން ބޮޑުތަނެއްގައި އަދަބު ދިނުމަށެވެ. އެކަމު ހިތާމައަކީ މިކަހަލަ ކަންތަ ކުރާ މީހުން  ދެވަނަ ފަހަރުވެސް ކުރާތީއެވެ. އަދި ޒިނޭކުރާއިރު މި ހައްދު ޖަހާއިރު ތިމާއަށް ވާ ތަދެއް އިހްސާސް ނުވާކަހަލައެވެ.

އެހެންކަމުން ސިއްރާއި ފާޅުގައިކުރާކަންތައްތައް އެންމެމޮޅަށް ދެނެވޮޑިގެންވާ ﷲ އަށް މިފަދަ ޢަމަލުތަކުގައި ބިރުވެތިވާށެވެ. އަދި ﷲތަޢާލާގެ ޙަޟްރަތުން މިފަދަ ފާޙިޝް ޢަމަލުތަކުން ރައްކާތެރި ކޮށްދެއްވުމަށް އެދި ދުޢާދަންނަވާށެވެ.

ޓެގް

ޒިނޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.