ދުނިޔެ އިންތިޙާބެއް ބޭއްވުމަށް ޤައްޒާފީގެ ދަރިފުޅު ގޮވާލައިފި.

އިންތިޙާބެއް ބޭއްވުމަށް ޤައްޒާފީގެ ދަރިފުޅު ގޮވާލައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

މިހާރު ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނެއުމަށްޓަކައި ޤައްޒާފީގެ ދަރިފުޅު ސައިފް އަލް އިސްލާމް އިންތިޙާބެއް ބޭއްވުމަށް ގޮވާލައިފިއެވެ.

މީގެއިތުރުން އެ އިންތިޙާބުގެ ކަންތައްތައް ބެލުމައްޓަކައި ބައިނަލް އަޤުވާމީ ޔޫނިއަންތަކަށް ސައިފް ގޮވާލައިފައިވާކަމަށް ހަބަރުތައް ބުނެއެވެ. ވީހާވެސް ދެފުށްފެއްނަގޮތަކަށް އިންތިޙާބު ބޭއްވުމަށްޓަކައި ބައިނަލް އަޤްވާމީ އޮބްޒަރވަރުންގެ ހާޒިރުގައި އިންތިޙާބު ބޭއްވުން މުހިއްމުކަމަށް އުމުރުން 38 އަހަރުގެ ސައިފު އިތުރަށް ހާމަކޮށްފައި ވާކަމަށްހަބަރުތައް ބުނެއެވެ.

ސައިފު އިތުރައް ހާމަކުރާގޮތުގައި އިންތިޙާބު ބޭއްވުމުން ޤައްޒާފީއަށް ލީބިޔާގައި އަދިވެސް އޮތް ތާއިދު ފެނިގެންދާނެއެވެ.

ފެބްރުއަރީ މަހުން ފެށިގެން ޤައްޒާފީގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެން ގިނަ އަދަދެއްގެ ލީބިޔާގެ އިސް އޮފިސަލުން ލީބިޔާ ދޫކޮށް ގޮސްފައިވާކަން ހަބަރުތައް ބުނުއެވެ.

ޓިއުނީޝިޔާއާއި މިސްރުން ހިތްވަރު ލިބިގަނެގެން ލީބިޔާގެ 41 އަހަރުވީ ދިގު ވެރިކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

ފޮޓޯ: ޕްރެސް ޓީވީ

ޓެގް

ޤައްޒާފީ ސައިފް އިންތިޙާބް ލީބިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.