ދަރުސް ޚަބަރު ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް ހއ.ތަކަންދޫ އަދި މާރަންދޫ ގައި

ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް ހއ.ތަކަންދޫ އަދި މާރަންދޫ ގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ޝައިޚް އާދަމް ޝަމީމް ހއ، ހދ. އަދި ށ.އަތޮޅަށް ދަރުސް ދެއްވުމަށްޓަކައި ޖޫން 12 ން 20 ށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހއ.ތަކަންދޫގައި އަދި މިރޭ ހއ.މާރަންދޫ ގައި ޚާއްޞަ ދަރުސެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތަކަންދޫގައިދަރުސް އޮންނާނީ މިއަދު 16:00 ގައި އެރަށު ސްކޫލްގައެވެ. އަދި މާރަންދޫ ގައި ދަރުސް އޮންނާނީ މިރޭ 21:00 ގައި އެރަށު ސްކޫލްގައެވެ.

ތަކަންދޫގެ ދަރުސް އިންތިޒާމްކުރަނީ އެރަށު ޒުވާނުން ގުޅިގެންނެވެ. މާރަންދޫ ދަރުސް އިންތިޒާމްކުރަނީ އެރަށު ކައުންސިލުގެ ފަރާތުންނެވެ.

ޝައިޚް ޝަމީމް ވަނީ ހއ. އަތޮޅުގެ "ބީޗް ހައުސް މޯލްޑިވްސް އަ ވަލްޑޯފް އެސްޓޯރިއާ ރިސޯޓް" ގައި އިއްޔެ ދަރުސް ދެއްވާފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހއ.ދިއްދޫ ގައި އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ށ.ބިލެތްފަހީ ގައި ޚާއްޞަ ދަރުސެއް ދެއްވާފައެވެ. މިދިޔަ އަންގާރަ ދުވަހު ހަވީރު ށ.ކަނޑިތީމްގައި ހުންނަ ށ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޚާއްޞަކޮށް ދަރުސް ދެއްވުމުގެ އިތުރުން އެރޭ އެރަށު ރައްޔިތުންނަށް ޚާއްޞަ ދަރުސެއް ދެއްވާފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ހދ.ކުޅުދުއްފުށީ ގައި އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހދ.ހަނިމާދޫގައި ވެސް ޝައިޚް ވަނީ ދަރުސް ދެއްވާފައެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް

ޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓް

ޓެގް

ދަރުސް ވީޑިއޯ ޝައިޚް އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.