އަފްޤާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާއަށް ތެޔޮ ހިފައިގެން ދިޔަ ނޭޓޯގެ ދެ ތެޔޮ ޓޭންކެއް ޕާކިސްތަނުގައި ގޮއްވާލައިފިއެވެ.
މި ހަމަލާދިން މީހާ ،ހަމަލާ ދިނުމަށްފަހު ފިލައިފައިވާކަމަށާއި އަދި މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު މިހާތަނަށް އުފުލައިފައި ނުވާކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ. މި ހަމަލާގައި އެއްވެސް މީހަކު މަރުވިކަމެއް އަދި ޒަޙަމްވިކަމެއް ރިޕޯޓް ކުރެވިފައެއް ނެތްކަމަށް ހަބަރުތައް ހާމަކުރެއެވެ.
އެމެރިކާގެ އަސްކަރިއްޔާއަށް ތެޔޮ އުފުލައިދޭ ނޭޓޯގެ އުޅަނދުތަކަށް ފަހަކަށް އައިސް ދަނީ ގިނަ ހަމަލާތަކެއް ދެމުންނެވެ. އަދި ދާދިފަހަކުން ނޭޓޯގެ ހަތް އުޅަނދެއްވެސް ވަނީ ޕާކިސްތާނުގައި ގޮއްވާލައިފައެވެ.ނަމަވެސް އެއްވެސް ހައްގަކާނުލައި ޕާކިސްތާނު ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަވެރިންގެ ހަމަލާތަކަށް އެއްވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައި ނުވާކަމަށް ހަބަރުތަކުން ހާމަކުރެއެވެ.
ހައްދުފަހަނަ އަޅައިފައިވާ އެމެރިކާގެ ސިފައިން ދަނީ މުސްލިމުންނަށް އެކި ގޮތްގޮތުން ހަމަލާތައްދެމުންނެވެ. އަދި ކުށެއްނެތް އެތަކެއް މީހުންނެއް މަރާ، އެމީހުންގެ ގެދޮރަށް ގެއްލުންތައް ދެމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...