މެއި 26 ން ފެށިގެން 28 އަށް ޑަޗް އިންސިޓިޓިއުޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ޕޯލަކުން ޖަރުމަނާއި ނެދަލޭންޑްގެ ހަނގުރާމަވެރިން ލީބިޔާގައި ހަރަކާތްތެރިވުމަށް ރައްޔިތުން ނުރުހޭކަން ހާމަވެއްޖެއެވެ.
2000 ޖަރުމަން އަދި ނެދަލޭންޑްގެ ޒުވާނުންނާއި ފޯނުން އިންޓަރވިއު ކޮށްފައިވާކަމަށް ރިސާރޗް ސެންޓަރ އޮފް އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓީން ހާމަކުރެއެވެ. މި ޕޯލްގެ ނަތީޖާއިން ދައްކާގޮތުން ނެދަލޭންޑުގެ 60 ޕަސެންޓް މީހުން އެ ގައުމުގެ ސިފައިން ލީބިޔަގައި ހަރަކާތްތެރިވުމާ ދެކޮޅެވެ. އަދި 36 ޕަސެންޓު މީހުން އެއްކޮޅުވެފައިވާއިރު 4 ޕަސެންޓްެ މީހުން ބުނެފައިވަނީ ނޭނގޭކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން ޖަރުމަނުގެ 59 ޕަސެންޓް މީހުން ޖަރުމަނުގެ ސިފައިން ލީބިޔާގައި ހަރާކާތެތެރިވުމާ ދެކޮޅު ހަދާއިރު ،34 ޕަސެންޓު މީހުން އެކަމާ އެއްކޮޅުކަމަށް ޕޯލުގެ ނަތީޖާއިން ދައްކާކަމަށް ހަބަރުތައް ބުނެއެވެ.
މިދިޔަ މާރޗް މަހުގެ ތެރޭގައިވަނީ ނޭޓޯގެ ފައުޖުތަކުން ލީބިޔަގެ އަސްކަރިއްޔާއާ ދެކޮޅަށް ޙާއްސް ކެމްޕޭނެއް ފަށައިފައެވެ. ހަބަރުތަށް ހާމަކުރާގޮތުން ލީބިޔާގެ ރައީސް ގައްޒާފީ ވެރިކަމުން ނުފައިބަނީސް އެމެރިކާ، ފުރާންސް އަދި އިނގިރޭސިވިލާތުން އެ މީހުންގެ މިލިޓެރީ އޮޕެރޭޝަން ނުހުއްޓާނެކަމަށް ބުނަމުންދެއެވެ.
ގައްޒާފީއަށް ވާގިވެރިވާ ފައުޖުތަކުން އާއްމުން މަރަމުންދާ ދިއުން ހުއްޓުމަށް ނޭޓޯއިން ނުކުޅެދީފައިވާކަމަށް ،ލީބިޔާގެ ހަރަކާތްތެރިވާ ރިވޮލިއުޝަނަރީ ފައުޖުތަކުން ހާމަކުރެއެވެ. ލީބިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ފަށައިފައިވަނީ ފެބްރުއަރީ މަސްތެރޭގައެވެ.
ތޫނިސްއާއި، މިސްރުގައި ކުރިޔަށް ގެންދިޔަ އިންގިލާބީ އެއްވުންތަކުން ހިތްވަރު ލިބި ލީބިޔާގައި އާންމުން ފެށި އެއްވުންތަކަށް މިހާރު އެތަށް ދުވަސްތަކެއް ވެފައިވާއިރު، މިހާރު އެއްވުންތައް ބަދަލުވެގެން ގޮސްފައިވަނީ، ދާޚިލީ ހަނގުރާމައަކަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...