އިންޑިއާ އާއި ބަންގާޅަށް އައި ތޫފާނުގައި 110 މީހުން މަރުވެ 60 ހާސް ގެދޮރު ހަލާކުވެއްޖެއެވެ.
ރޭ އައި މިތޫފާން އަރާފައިވަނީ އިންޑިއާގެ ވެސްޓް ބެންގާލް އަށާއި ބިހާރު ސްޓޭޓްގެ އިތުރުން އެސަރަހައްދާއި އިންވެގެން އޮންނަ ބަނގްލަދޭޝްގެ ސަރަހައްދަކަށް ކަމަށް އިންޑިއާގެ ނޫސްތަކުން ހަބަރުދެއެވެ. ގަޑިއަކު ސަތޭކަ ވިހި މޭލު ބާރުމިނުގައި އައި މިތޫފާނުގެ ސަބަބުން އެސަރަހައްދުގެ 60 ހާސް ގެދޮރު ހަލާކުވެފައިވާކަމަށާއި ތޫފާނަށްފަހު އެސަރަހައްދުން ކަރަންޓާއި ފޯނުގެ ހިދުމަތް ކެނޑިފައިވާކަމަށްވެސް ހަބަރު ލިބެއެވެ.
ޖެހުނު ގަދަ ވައިގެ ސަބަބުން ވެއްޓިފައިވާ ގަސްތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ހާސް މީހުންނަށް އިތުރު ދަތިތަކާއި ކުރިމަތިވެފައިވާކަމަށް އެފަރާތްތަކުންދަނީ ބުނަމުންނެވެ.
2007 ވަނަ އަހަރު ބަންގުލަދޭޝްއަށް އައި ބާރުގަދަ ތޫފާނެއްގައި 3500 މީހުން މަރުވެ 2 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކިގެއްލުންތައް ލިބިފައިވެއެވެ. ދިވެހިރާއްޖެގެ ރަށަކަށްވެސް ދާދިފަހުން ވަނީ ގަދަ ވަޔާއި އެކު ގުގުރި ރެއެއްގައި ހޮނުއަޅާފައެވެ. ފަހަކަށްއައިސް ދުނިޔޭގެ އެތަން މިތަނަށް މިފަދަ ކާރިސާތަށް ގިނައިން ހިނގާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...