އަފްޤާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯގެ ހަނގުރާމަ މަތީ ލަޝްކަރުތަކަށް ތެޔޮ ފޯރުކޮށްދޭ ހަތް ތެޔޮ ޓޭންކް ގޮއްވާލައިފިއެވެ. ހަބަރުތައް ބުނާގޮތުން ތެޔޮ ޓޭންކްތައް ގޮއްވާލައިފައިވަނީ ޕާކިސްތާނުގައި އަފްޤާނިސްތާނުގެ ބޯޑަރ ކައިރިންނެވެ.
މިހަމަލާ ތެޔޮ ޓޭންކުތަކަށް އަމާޒުކޮށްފައިވަނީ ބޮމެއް ގޮއްވައިލައިގެން ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ. އަދި މި ވަގުތާ ހަމައަށް އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމެއް އަދި އެއްވެސް މީހަކު މަރުވިކަމެއް މައުލޫމާތު ލިބިފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގައިފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ. ފަހަކަށް އައިސް އަފްޤާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަޝްކަރިއްޔާއަށް އެހީގެ ތަކެތިފޯރުކޮށްދޭ އެތަށް ސަތޭކަ އުޅަނދުތަކަށް ވަނީ ހަމަލާތައްދީފައެވެ.
ހައްދުފަހަނަ އަޅައިފައިވާ އެމެރިކާގެ ސިފައިން ދަނީ މުސްލިމުންނަށް އެކި ގޮތްގޮތުން ހަމަލާތައްދެމުންނެވެ. އަދި ކުށެއްނެތް އެތަކެއް މީހުންނެއް މަރާ، އެމީހުންގެ ގެދޮރަށް ގެއްލުންތައް ދެމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...