ޗައިނާއަށް ބާރުގަދަ ބިންހެލުމެއް އައިސް މިހާތަނަށް 400 މީހުން މަރުވެއްޖެއެވެ.
މިއަދު ހެނދުނު 7.49 ގައި ޗައިނާއަށް މިއައި ބާރު ގަދަ ބިންހެލުން އައިސްފައިވަނީ 6.9 ގެ ބާރު މިނުގައި ކަމަށް ހަބަރުތައް ބުނެއެވެ. އެތައް އިމާރާތެއް ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާއިރު މިހާތަނަށް 400 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. އިމާރާތްތަކުގެ ދަށުން އިތުރު މީހުންގެ ހަށިތަށް ފެންނަމުންދާތީ މިއަދަދު ދަނީ މައްޗަށް ކަމަށް ޗައިނާގެ މީޑިއާތަކުން ހަބަރުދެއެވެ. 8000 މީހުންނަށްވުރެ ގިނަ މީހުންނަށް ހާނިއްކަވެފައިވާއިރު އެތައް ބަޔެއްގެ ގެދޮރުވަނީ ބިމާ ހަމަވެފައެވެ.
ޗައިނާގެ ބިންހެލުމުގެ ސަބަބުން އެސަރަހައްދުގައި އެތައް ބަޔަކު ހާލުގައި ޖެހިފައިވާކަމަށާއި ބޭހާއި އިމާރާތްތައް ދަށުވެފައި ތިބި މީހުން ސަލާމަތްކުރާނެ އާލާތްތައް ފުދޭވަރަށް ނެތުމުގެ ޝަކުވާ މީޑިއާތައް މެދުވެރިކޮށް ދަނީ އުފުލަމުންނެވެ.
'އިމާރާތްތަކުގެ ދަށުވެފައިވާ އެތައް ބަޔަކު އެބަތިބި، އެތައް ބަޔަކު ހާނިއްކަވެގެން ހަސްފަތާލުތަކަށް ވަނީ ގެންގޮސްފައި.' ޒިންހުއާއީ ނޫސް އެޖެންސީއަށް ޗައިނާގެ މީހަކު ހާމަކުރިއެވެ. އަދި މީގެ އިތުރުން ބިންހެލުމުގައި ގެއްލުން ލިބިފައިވާ މީހަކު ހާމަކުރި ގޮތުގައި 'ކުޑަހިނދުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް ވެގެން ދިޔައީ މިއީ އާދަޔާހިލާފުކަމެއް. ހިތާމަޔާއި މޮޅިވެރިކަން މުޅި އަވަށުގައި.ހުރިހާ އެންމެން މަގުމަތީގައި އެމީހުންގެ އާއިލާ މީހުން ހޯދަނީ.' ކަމަށެވެ.
ފަހަކަށް އައިސް 'ޒަލްޒަލާ'ތައް އާދަޔާ ހިލާފަށް ގިނަވެފައިވާކަން ފާހަގަކުރެވެއެވެ. ބިންހެލުމަކުން އަރައި ނުގަނެވިގެން އުޅެނިކޮން އަނެއް ގައުމަކަށް ބިންހެލުން އައިސް ގައުމު 'އިންދަޖައްސާލަ'އެވެ. ކެލިފޯނިއާއަށް ބިންހެލުމެއް އައިސް މަހެއް ނުވަނީ ޗައިނާއަށް މިވަނީ ބިންހެލުމެއް އައިސް އެތައް ބަޔަކު މަރުވެފައެވެ. މަރުވާ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ.
Photo: BBC

ކޮމެންޓް (0)
ލޯޑް ކުރަމުން...