ކަސްބީ އަންހެނުން ބޭނުންކޮށްގެން ފަލަސްތީނުގައި އެއިޑްސް ފަތުރަން މަސައްކަތް ކުރަން އިޒްރާއިލްގެ ޖާސޫސީ އިދާރާ 'މޮސާދު'އިން މަސައްކަތް ކުރިކަން ފަޅާއަރައިފިއެވެ.
ދާދިފަހުން ރަޝިޔާގައި ޝާއިޢުކޮށްފައިވާ މީޑީޔާ ރިޕޯޓެއްގައި ހާމަކޮށްފައިވާގޮތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ އިން ކަސްބީ އަންހެނުންތަކެއް އިސްރާއީލަށް ގެންގޮސް، ފަލަސްތީނުގެ ލޭބަރުން ޙަރަކާތްތެރިވާ ސަރަޙައްދުތަކަށް ގެންގޮސް ޖިންސީ ވިޔަފާރި ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ރިޕޯޓްގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ގެނެސްފައިވާ ކަސްބީ އަންހެނުންގެ ތެރޭގައި އެޗް.އައި.ވީ. އަށް ޕޮޒިޓިވް އަންހެނުންވެސް ހިމެނޭކަމަށާއި ރަޝިޔާއިން ގެނައީ 150 އަންހެނުންކަމަށްވެސް މިރިޕޯޓުން ވަނީ ހާމަކޮށްފައެވެ.
ފަލަސްތީނުގެ ރައްޔިތުން 'ނައްތާލުމަށް' އިޒްރޭލުން ދަނީ ހައްދު ފަހަނައަޅާފައިވާ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މީގެ ކުރިން އިޒްރޭލުން ވަނީ ފަލަސްތީނުގެ ރައްޔިތުން އުޅޭ ސަރަހައްދުތަކަށް މީދާ ދޫކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...