އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ އަދި އެދުމަކީ، އަޅުގަނޑުމެންގެ ހިތްތަކަށް އިސްލާމްދީނުގެ މަތިވެރި ނޫރު ލިބުން" ކަމުގައި ރައިސްލުޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައިސްލުޖުމުހޫރިއްޔާ މިހެންވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 26 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާ ޝަރްފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައިސްލުޖުމުހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ ޢަޤީދާ ވަރަށް ވަރުގަދަ ޤައުމެއް ކަމަށާއި، އަދި އެހާމެ ދިގު، މުއްސަނދި އިސްލާމީ ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ. އަދި ދިވެހިންނަކީ ބުނާ ކަމަކުން ނުވަތަ ކުރާ ކަމަކުން އެމީހުންގެ ޢަޤީދާ ގުޑާފަދަ ބައެއް ނޫން ކަމުގައި ވިދާޅުވިއެވެ.
ދިއިސްލާމަށް ވަރަށް މުއުތަބަރު ގޮތެއްގައި މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޙަފުލާއަށް އެންމެ ފުރަތަމަ ދަޢުވަތު އެރުވުމުން އެމަނިކުފާނު އެކަން ޤަބޫލު ނުކުރެއްވުމުން ދެން ޝަރަފުވެރި މެހެމާނަކަށް ދަޢުވަތު އަރުވާފައިވަނީ ރާއްޖޭގެ ނައިބުރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކަށެވެ. ނަމަވެސް ރައީސްލު ޖުމުހޫރިއްޔާ މިޙަފުލާއަށް މިވަޑައިގަތީ ކުރިން ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތާޜީޚް ފަސް ކުރުމަށް ރައީސް އޮފީހުން އިސްލާމިކް އެފެއަރޒު މިނިސްޓްރީއަށް އެންގުމަށްފަހު ތޮއްޑޫގައި ބޭއްވި އެމް.ޑީ.ޕީގެ ޖަލްސާ ނިންމަވާލެއްވުމަށްފަހުގައެވެ.
ޢަދާލަތު ޕާޓީގެ އިސް އޮފިޝަލެއް ދިއސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައިސް ނަޝީދު މިޖަލްސާ ޝަރފުވެރި ކޮށްދެއްވާ ވާހަކަ ފުޅު އެދެއްކެވީ، އއ. ތޮއްޑޫގައި އެމް.ޑި.ޕީއިން ބޭއްވި ޖަލްސާގައި ނައްޓަވަ ހެއްދެވުމާއި ގުޅިގެން ޢަދާލަތު ޕާޓީން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާތީ މަތިއޮމާން ކުރެއްވުމަށް ކަމަށެވެ.
ފޮޓޯ: ސަން

ކޮމެންޓް (0)
ލޯޑް ކުރަމުން...