ދިއިސްލާމް ފޮޓޯ ޖިންސީ ގޯނާއިން ސަލާމަތްވާން ކޮކާ އޭގެ ރީތި ކުލަތައް ފޮރުވާ

ޖިންސީ ގޯނާއިން ސަލާމަތްވާން ކޮކާ އޭގެ ރީތި ކުލަތައް ފޮރުވާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިތިލޮޖީ ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާގައި ބުނެފައި ވަނީ ފިރިހެން ކޮކާލުގެ ސަމާލުކަން ނުލިބޭ ގޮތް ހަދަން، އަންހެން ކޮކާ އޭގެ ފިޔަގަނޑުގައި ހުންނަ ވިދުމާއި އަޅައިގަންނަ ކުރެހުންތައް ހުންނަ ހިސާބު ނުފެންނަ ގޮތަށް ލައްޕާލާ ކަމަށެވެ. ދިރާސާގައި އިސްކޮށް ހުންނެވި، ކްރޫމޭ އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީގެ ތަޖުރިބާކާރު ޖުން-ޔާ އިޑޭ ވިދާޅުވީ ފިރިހެން ކޮކާލެއް ކައިރިން އުދުހޭ ނަމަ އަންހެން ކޮކާ އޭގޭ ރީތި ކުލަތަކާއި ވިދުން ނުފެންނާނެހެން ފިޔަގަނޑު ލައްޕާލާ ކަމަށެވެ. އަދި ކޮކާ އާއިލާގެ އެހެން ވައްތަރުތައް ކައިރިއަށް އައިސް އުޅޭއިރު ފިޔަގަނޑު ލެއްޕުން މަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޑރ.އިޑޭ ވިދާޅުވީ ފިރިހެން ކޮކާ އަންހެން ކޮކާލާ ޖިންސީ ގޮތުން ގުޅުން ހިންގަން ގަދަކަމުން މަސައްކަތްކުރާ ނަމަ ނާޒުކު އަންހެން ކޮކާލަށް ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެހެންވެ ބޭނުމެއް ނެތް ގޮތުގައި ޖިންސީ ކަންކަމަށް ހުށަނޭޅުމަށާއި ޖިންސީ ގޯނާއިން ސަލާމަތްވާ ކޮކާ ފިޔަވަޅު އަޅަނީ ކަމަށް އިޑޭ ގަބޫލުކުރައްވަ އެވެ.

މައުލޫމާތު: ހަވީރު

ޓެގް

ފޮޓޯއިން ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.