ނެށުމަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދޭ މައްސަލައެއް ކަމަށް ރައީސް އޮފީހުގެ ފަރާތުން ރައީސްގެ ޕްރެސް ސެކެޓްރީ ޒުހެއިރު ބުނެފިއެވެ.
ތޮއްޑޫގައި ބޭއްވި އެމްޑިޕީގެ ޖަލްސާއެއްގައި ރައީސް ނަޝީދު ނެއްޓެވުމާއި ގުޅިގެން އަދާލަތު ޕާޓީއިން ނެރުނު ނޫސް ބަޔާނަށް ރައްދު ދެމުން ޒުހެއިރު ބުނެފައިވަނީ، "ނެށުމަކީ ދީނީ ގޮތުން ހިޔާލު ތަފާތުވެފައިވާ ކަމަށާއިރައީސް ނަޝީދު ތޮއްޑޫގައި ބޭއްވި ޖަލްސާގައި ނެއްޓެވުމުން އެކަމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނުމަކީ ސިޔާސީ ބޭނުމެއްގައި އަދާލަތުން ދައްކާފައިވާ ވާހަކަތަކެއް." ކަމަށެވެ. އަދި ޒުހެއިރު ބުނެފައިވަނީ، "އެޔަކީ އެއްގޮތަކަށް ވެސް އެބޭފުޅުން ދެކެވަދައިގަންނަވާ ގޮތަށް އޮތް ކަމެއް ނޫން."ކަމަށެވެ.
އއ. ތޮއްޑޫގައި ބޭއްވި އެމް.ޑީ.ޕީ ޖަލްސާގައި އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭ ގެ ސްޓައިލަށް ރައީސުލްޖުމްހޫރިއްޔާ ނެއްޓެވުމަކީ އިސްލާމީ ޙުދޫދުތަކާއި، އަޚްލާޤީ މިންގަޑުތަކާއި އަދި ދިވެހި ޤައުމުގެ ވެރިކަމުގެ ކަރާމަތް ވެއްޔާއި މޮޑެލުން ކަމުގައި ޢަދާލާތު ޕާޓީގެ ނޫސް ބަޔާނުގައިވެއެވެ. އެ ބަޔާނަށް ރައީސް އޮފީހުން ރައްދު ދީފައިވާއިރު މިފަދަ ނާތަހުޒީބު ކަންކަން ރައީސް އޮފީހުން މީގެ ކުރިންވެސް ވަނީ ދިފާއުކޮށްފައެވެ. އެގޮތުން 'ސަން' މަޖައްލާގައި ޝާއިއު ކުރި ފާހިޝް ބަހުރުވައިގެ ލިޔުންތަކުގެ ސަބަބުން މީޑިއާކައުންސިލުންނާއި އެމްޖޭއިން ކުށްވެރިކޮށް ވާހަކަ ދައްކާފައިވާއިރު ސަން އިން އެކަމަށް މައާފަށް އެދިފައިވާއިރު ރައީސް އޮފީހުން ވަނީ 'އެއީ މައްސަލައެއް ނޫން'ކަމަށް ބުނެފައެވެ.
ފޮޓޯ: ސަން

ކޮމެންޓް (0)
ލޯޑް ކުރަމުން...