ރާއްޖޭގެ ޚަބަރު އޭކޮން ކޮންސެޓަކީ ގައުމުގައި ހުޅުވިގެން ދާނެ ނުބައިކަން ބޮޑު ދޮރެއް – އިސްލާމިކު މިނިސްޓްރީ

އޭކޮން ކޮންސެޓަކީ ގައުމުގައި ހުޅުވިގެން ދާނެ ނުބައިކަން ބޮޑު ދޮރެއް – އިސްލާމިކު މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ މަޝްހޫރު ރެޕް ލަވަ ކިޔުންތެރިޔާ އޭކޮންގެ ކޮންސެޓަކީ ގައުމުގައި، ހުޅުވިގެން ދާނެ ނުބައި ދޮރެއްކަމުގައި އިސްލާމިކު މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިސްލާމިކު މިނިސްޓްރީއިން މިހެން ހާމަކޮށްފައިވަނީ މިއަދު އެމިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ''މިކަމަކީ މިގައުމުގައި ހުޅުވިގެންދާނެ ނުބައި ދޮރެއް. މިކަން ހުއްޓުވުމަށްޓަކައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން" މިނިސްޓްރީއިން ޤަބޫލުކުރާ ކަމެއް ނޫން ރާއްޖޭގައި މިފަދަ ކަންކަމަށް ފުރުސަތު ދިނުން" ެ. ޝަހީމު ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ ''އަވައްޓެރި ގައުމަކުން ފައްސާލާފައި ހުރިމީހަކު ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއް އޮތް އިސްލާމީ ޡަގާފަތެއް އޮތް ގައުމެއްގައި މިފަދަ ޙަރަކާތެއް ހިންގުމަށް ފުރުސަތު ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި މިފަދަ ކަމަކަށް ރާއްޖޭގެ ބޮޑެތި ތަންތަނުން ސުޕޮންސާ ދީފައި ވުމަކީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް'' ކަމުގައެވެ.

ޝަހީމު އިތުރަށް ވިދާޅުވީ 'އިސްލާމިކު މިނިސްޓްރީއިން މިސްކިތްތަކާއި ބެހޭ ފަންޑު ހުޅުވާލުމުން ނިކަމެތި ފަގީރުމީހުންނާއި، ބައެއް މުއައްސަސާތަކުން އެހީ ދިންކަމަށާއި މަޝްހޫރު ދީނީ ޢިލުމުވެރިޔާ ޑރ. ޒާކިރު ނައިކު ރާއްޖެ ގެނައުމަށްޓަކައި އެހީ ހޯދަން ހުޅުވާލި ފުރުސަތައް ބައެއް ތަންތަނުން އެހީ ދީފައި ނުވާއިރުވެސް މިފަދަ ފާހިޝްކަމަކަށް ރާއްޖޭގެ ބޮޑެތި މުއައްސަސާތަކުން ރައްޔިތުންގެ ވިންދާ ދިމާނުވާ ގޮތަށް ސުޕޮންސަރ ދިނުމަކީ އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން.' ކަމަށެވެ.

ދިވެހި ދަޢުލަތުގެ އިސްލާމިކު އެފެއަރޒް މިނިސްޓްރީއިން މިކަމާއި ދެކޮޅު ހަދަމުން ދާއިރުވެސް ރައިސުލްޖުމުހޫރިއްޔާގެ ޕުރެސް ސެކެޓްރީ ޒުހޭރު ވިދާޅުވެފައިވަނީ 'އޭކޮން ރާއްޖެއަށް އަންނާތީ އުފާކުރާކަމަށާއި އަދި އެކަމަށް މަރުހަބާ ކިޔާކަމަށެވެ.' މިފަދަ ވާހަކަތަކަކީ ރައިސުލްޖުމުހުރީއްޔާ މަޤާމާއި ހަވާލުވުމުގެ ކުރިން ކުރައްވައިގެން ހުންނެވި ހުވަޔާއި ޙިލާފު ވާހަކަތެކެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.