އެމެރިކާ

އެމެރިކާ ސިފައިން ތަމްރީން ކުރާ މަރުކަޒަކަށް ހޮނު އަޅައިފި

ލިޔުނީ: އައިޝާ މުނާ

އެމެރިކާ ސިފައިން ތަމްރީން ކުރަމުން ދިޔަ މަރުކަޒަކަށް ހޮނުއަޅައިފިއެވެ.

ރޮއިޓާރސްއިން މަޢުލޫމާތު ދޭ ގޮތުގައި ވައިގެ އަސްކަރިއްޔާ އިން ތަމްރީން ކުރާ ކޭމްޕަށް ހޮނު އަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހިއިރުއެވެ. 77 ސިފައިން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމުން އެމްބިއުލައިންސް ގައި ގެންގޮސްފައިވާކަމަށާއި އަދި ބާކީ ތިބި މީހުން ގެންދިޔައީ ބަހުގައި ކަމަށް މޭޖަރ ޑައިޑަރ މުސްގުރޭވު އައި ޙަވާލަދީ ރޮއިޓާރސް އިން ހާމަކުރެއެވެ. އަދި ބާކީ ތިބި މީހުން އެހެން ބޭސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އިތުރު މަޢޫލޫމާތު ދެވެން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ރޮއިޓާރސް އިން ޔާހޫ ނޫސް އާއި ޙަވާލާދީ ބުނާ ގޮތުގައި މި ކޭމްޕްތަކުގައި ތިބި ލަޝްކަރުތަކަކީ އިރާޤު އަދި އަފްޣާނިސްތާނާއި ދެކޮޅަށް ފޮނުވުމަށް ތަމްރީނުކުރަމުންދާ ލަޝްކަރުތަކެކެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ﷲ އަކްބަރ….. މިވަރުންވެސް އިބުރަތް ހާސިލު ނުކުރެވެނީތޯ!

  2. ﷲ ހަމްދު ހުރި…ތިޔަ ބުނާބަޔަކުގެ ނިމުން އަންނާނެ ގޮތެއް އެއްވެސް މީހަކަށް ނޭގޭނެ..އަދިވެސް ކުށެއް ނެތް މީހުން މެރުން ހުއްޓާލާކަށް ނުވޭތޯ؟؟

  3. އެމީހުންގެ ރޭވުމަށް ވުރެ މާތްﷲ ގެ ރޭއްވެވުން މާފުރިހަމަ ﷲ އަކްބަރް……………

Your email address will not be published. Required fields are marked *