އޭޝިއާ ނޭޓޯ ސިފައިން ބަޑިޖެހުމުން އަފްޢާނިސްތާނުގައި 4 މީހަކު ޝަހީދުވެ 18 މީހަކު ޒަހަމްވެއްޖެ

ނޭޓޯ ސިފައިން ބަޑިޖެހުމުން އަފްޢާނިސްތާނުގައި 4 މީހަކު ޝަހީދުވެ 18 މީހަކު ޒަހަމްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ނޭޓޯ ސިފައިން ބަޑިޖެހުމުން އަފްޢާނިސްތާނުގައި 4 މީހަކު ޝަހީދުވެ 18 މީހަކު ޒަހަމްވެއްޖެކަމަށް އަފްޢާން ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.

ނޭޓޯގެ ގުޅިފައިވާ ލަޝްކަރުން މިހަމަލާ ދީފައިވަނީ އާންމު ބަހެއްގެ ކައިރީގައި ތިބި ބަޔަކަށްކަމަށް އަފްޢާން ސަރުކާރުން ހާމަކުރެއެވެ. މިހަމަލާގައި ކުޑަކުދިންނާއި އަންހެނުންނަށްވެސް ގެއްލުން ލިބިފައިވާ ކަމަށާއި ޒަހަމްވީ މީހުން މިލިޓަރީ ހަސްފަތާލަށް ގެންދެވިފައިވާ ކަމަށެވެ. މިހާތަނަށް ނޭޓޯގެ ލަޝްކަރުން މިހަމަލާއާއި މެދު އެއްވެސް އެއްޗެއް ބުނެފައި ނުވިނަމަވެސް އަފްޢާނިސްތާނުގެ ވެރިން ވަނީ މަހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ގުޅިފައިވާ ލަޝްކަރުން އަފްޢާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާކަމަށް އަފްޢާން ސަރުކާރުންނާއި ތާލިބާނުންވެސް ބުނަމުންދެއެވެ. އެހެނަސް އެމެރިކާއިންނާއި ގުޅިފައިވާ ޤައުމުތަކުގެ ލަޝްކަރުތަކުން މިފަދަ ހާދިސާތައް ނަގަނީ 'ވަރަށް ފިނި' ގޮތަކަށެވެ.

ޓެގް

އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.