ޔަމަނުގެ ރައީސް އަލީ އަބްދުﷲ ޞާލިހުގެ ވެރިކަމާ އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ. މި މުޒާހަރާ މި ބޭއްވީ ރައީސްގެ ގަނޑުވަރަށް ދިން ހަމަލާއިގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށްފަހު، ރައީސް އެނބުރި ޔަމަަނަށް ވަރަށް އަވަހަށް އަންނާނެކަމަށް އަޑު ފެތުރިފައިވާ ވަގުތެއްގައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު މުޒާހަރާ ބާއްވާނެކަމަށް އިއުލާން ކުރުމަށްފަހުގައެވެ.
ޞަންޢާގެ މަގުތަކުގައި ސަރުކާރާ އިދިކޮޅު އެތަށް ބަޔަކު އަޑު އުފުލާފައިވާކަމަށް ހަބަރުތައްބުނެއެވެ. މަންޒަރުދުއް ފަރާތްތަކާ ހަވާލާދީ ސީ.އެން.އެން އިން ހާމަކުރާގޮތުގައި މުޒާހަރާގެ ބައިވެރިން " ޞާލިޙުގެ ވެރިކަން ވެއްޓޭނެ " އަަދި " ޞާލިޙް ވެރިކަމުގެ ނިމުން ވަރަށް ގާތް ވެއްޖެ" މިހެން އެއް އަޑަކުން ގޮވަމުން ދިޔައެވެ.
ޞާލިހުގެ ސަރުކާރަށް ތާއިދު ކުރާފަރާތްތަކުންވެސް ހުކުރު ދުވަހު ވަނީ އެއްވުމެއް ބާއްވާފައެވެ. މަންޒަރު ދުއްފަރާތްތަކުން ހާމަކުރާގޮތުގައި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން " އަހަަރަމެން މިތިބީ ޞާލިހާ އެއްކޮށް" މިހެން އެއް އަޑަކުން ގޮވާ، އަޑު އުފުލައިފައިވާކަމަށް ހަބަރުތައް ބުނެއެވެ.
ޔަމަނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 69 އަހަރު ޞާލިހްގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރަން ފަށައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުންފެށިގެންނެވެ. އަދި ޔަމަނުގައި އަންނަނީ ޞާލިޙްގެ ވެރިކަމާދެކޮޅަށް ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. މީގެއިތުރުން ވެރިކަން ވައްޓާލާނެކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...