އޭޝިއާ ޗައިނާގެ ފެންބޮޑެ 52 މީހުން މަރުވެ 1 ލައްކައަށްވުރެ ގިނަ މީހުން ހާލުގައިޖެހިއްޖެ

ޗައިނާގެ ފެންބޮޑެ 52 މީހުން މަރުވެ 1 ލައްކައަށްވުރެ ގިނަ މީހުން ހާލުގައިޖެހިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ޗައިނާގައި ފެންބޮޑު 52 މީހުން މަރުވެ 1 ލައްކައަށްވުރެ ގިނަ މީހުން ހާލުގައިޖެހިއްޖެއެވެ.

ޗައިނާގެ ސަރުކާރު މީޑިއާ ޒިންހުއާ އެޖެންސީއިން ޚަބަރު ދޭގޮތުގައި 'ބޯކޮއް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަމުންދާކަމަށާއި އެންމެ ބޮޑަށް ހާލުގައި ޖެހިފައިވަނީ ގިނަ އަދަދަކަށް ފަގީރުން އުޅޭ ސަރަހައްދެއް ކަމަށެވެ. އަދި ފެންބޮޑުވުމުގެ ހާދިސާގައި 8 ހާހަށްވުރެ ގިނަ ގެދޮރު ހަލާކުވެފައިވާކަމަށާއި 32 މީހުން ގެއްލިގެން ހޯދަމުންދާއިރު މަރުވާ މީހުންގެ ނިސްބަތް ގިނަ ވާނެކަމަށް އަންދާޒާ ކުރެވޭކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. ޚަބަރުތައް ބުނާގޮތުގައި ޗައިނާއަށް ކުރަމުންދާ ވިއްސާރައިގެ އަސަރު 12 ޕްރޮވިންސްއަކަށް ކޮށްފައިވާއިރު 4.81 މިލިއަން މީހުން އެކި ގޮތްގޮތުން ވަނީ މިކާރިސާގެ އަސަރު ކޮށްފައެވެ.

ފެންބޮޑުވެ ދަނޑުބިންތައް ހަލާކުވެފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެސަރަހައްދުތަކަށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޓެގް

މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.