ރާއްޖޭގެ ޚަބަރު ސައިޓަށް ޒިޔާރަތްކުރެއްވުމުގައި ދިމާވި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން – ދަރުސްލައިވް

ސައިޓަށް ޒިޔާރަތްކުރެއްވުމުގައި ދިމާވި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން – ދަރުސްލައިވް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަފްރާހް

'ސައިޓަށް ޒިޔާރަތްކުރެއްވުމުގައި ދިމާވި ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ.' ކަމަށް މަޝްހޫރު ދީނީ ވީޑިއޯ ވެބްސައިޓް ދަރުސްލައިވް އިން ހާމަކޮށްފިއެވެ.

ފަހަކަށް އައިސް ދަރުސްލައިވްއަށް ވަނުމުށާއި ވީޑިއޯތައް ބެލުމާއި ޑައުންލޯޑްކުރުމުގައި މައްސަލަތަކެއްވަނީ ގިނަ ބަޔަކަށް ކުރިމަތިވެފައެވެ. ދަރުސްލައިވް އިން އިތުރަށް ހާމަކުރާ ގޮތުގައި 'ސައިޓް ގަވާއިދުން އަޕްޑޭޓްވަމުން އައިސް މަޑުޖެހިފައިވަނީ ސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި ގިނަ ބަޔަކު އެއްވަގުތެއްގައި ސައިޓަށް ވަންނަމުންދިއުމާއި ގިނައިން ވީޑިއޯތައް ޑައުންލޯޑްކުރުމުގެ ސަބަބުން ސާރވާއަށް ނުކަތާ ވަރުވުމުން ސާރވާ ޑައުންވަނީ.' ކަމުގައެވެ. ދަރުސްލައިވްއިން އިތުރަށް ހާމަކުރައްވާ ގޮތުގައި 'މައްސަލަތައް ހައްލުކުރުމުގެ ގޮތުން އާ ސާރވާއަކަށް މިހާރު ބަދަލުކޮށްފައިވާކަމަށާއި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި ދިމާވަމުން އައި މައްސަލަތަކަށް ހައްލުއައިސް އިތުރު ވީޑިއޯތައް އަޕްލޯޑް ކުރެވެމުންދާނެ.'ކަމަށެވެ.

ދަރުސްލައިވްއަކީ ދިވެހިރާއްޖޭގައި ދެވޭ ދީނީ ދަރުސްތަކާއި ހުކުރު ޚުތުބާތަކާއި ދީނީ ޕްރޮގްރާމްތަކާއި މަދަހަ އަދި ސުވާލާއި ޖަވާބުގެ އިތުރުން ޤުރުއާނާއި ހަދީސް ވީޑިއޯގެ ސިފައިގައި ގެނެސްދެވޭ ވެބްސައިޓެކެވެ. ވީޑިއޯތައް އޮންލައިންކޮށް ބަލާލެވޭ މިސައިޓްގައި އެންމެފަހުގެ ދަރުސްތަކާއި ކުރީގެ ދަރުސްތައް ގަވައިދުން އަޕްޑޭޓްކުރަމުން ދެއެވެ.

ދަރުސްލައިވްގައި މިހާތަނަށް އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިއޯއަކީ ޝެއިހް އިލްޔާސްގެ ހުކުރު ހުތުބާ އަކާއި ޝެއިހް ފަރީދު 'ޤިޔާމަތް ދުވަސް' ދަރުސްއެވެ. މި ދެ ވީޑިއޯވެސް 17000 އަށްވުރެ ގިނަ މީހުންވަނީ މިހާތަނަށް ބަލާފައެވެ.

ދަރުސްލައިވްއަށް ޒިޔާރަތް ކުރައްވާ!

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.