ބައެއްމީހުން އައިޕެޑާއި މިކަހަލަ ގެޖެޓްތަށް ބޭނުން ވެގެން އެކިކަހަލަ ކަންކަން ކުރެއެވެ . އެއްބަޔަކު ވައްކަން ކުރުމާއި ފޭރެމުންދެއެވެ. އެހެން ނަމަވެސް މިއީމިކަހަލަ ކަންކަމުގައިވެސް ހައްދު ފަހަނަ އަޅާދިއުމެވެ. ގެޖެޓްތަކެއް ގަތުމަށް ކިޑްނީ ވިއްކާލައިފިއެވެ. ލިބުނު ފައިސާއިން ގަތީ ލެޕްޓޮޕްއަކާއި އައިޕެޑް 2 އަކާއި އައި ފޯނެކެވެ.
ޗައިނާގެ ލޯކަލް ޓީވީއަކަށް ޖެންގް ދީފައިވާ ބަސްދީގަތުމުގައި ބުނެފައިވަނީ "އަހަރެން އައިޕެޑް 2 އެއް ގަންނަން ބޭނުންވީ، އެކަމަކު ފައިސާއެއް ނެތް ގަންނާކަށް، އެހެންވެ ކިޑްނީ ވިއްކާލީ އައިޕެޑް 2 އެއް ގަތުމަށް "
17 އަހަރުގެ މި ޒެންގް ބުނާގޮތުން އެއިނާގެ ކިޑްނީ ވިއްކާލުމުގެ ޑީލް ހަދާފައިވަނީ އިންޓަރނެޓް މެދުވެރިކޮށެވެ. އެއިނާއަށް ފެނުނު އިސްތިހާރަކާ ގުޅިގެންނެވެ. އެއިސްތިހާރުގައިވާނީ ފައިސާއަށް ކިޑްނީ ހަދިޔާކުރަންބޭނުންވާ ފަރާތް ތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާކަމަށެ ކިޔަވަމުންދާ ޒެންގް ބްލެކް މާރކެޓް ގައި ކިޑްނީ ވިއްކާލާފައިވަނީ $3,392 (£2,077) އަށެވެ. 3 ދުވަސް ހޭދަވި މި އޮޕަރޭޝަން ކޮށްފައިވަނީ ހުނާން ޕްރޮވިންސް ގައިހުރި ހޮސްޕިޓަލަކުންނެވެ.
މިއޮޕަރޭޝަން ކޮއްފައިވާ ކުޑަ ޒެންގްގެ މޫނު މަތިން އެއްވެސްކަހަލަ ހާސްކަމެށް ފެންނަން ނެތް އިރު އައިޕެޑް 2 އެއްލިބުމުން ޒެންގް ހުރީ ވަރަށް އުފަލުން ކަމަށްވެއެވެ.
މީނާގެ މަންމަ ބުނި ގޮތުގައި ޒެންގް ގެއަށް އައިއިރު އެއިނާގެ އަތުގައި ލެޕްޓޮޕް އަކާއި މުޅީންއާ އެޕަލް އައިފޯނަކާއި އައިޕެޑް 2 އެއް އޮތެވެ. މިހާސާމާނު ގަތީ ކިހެނެތްތޯ އެއިނާ އާއި ސުވާލު ކުރުމުން އެއިނާ ބުނީ ކިޑްނީ ވިއްކާލީކަމުގައާއި ބަނޑުގައި ހުރި ލަކުނު ދައްކާލިއެވެ. މިކަމާއި ހާސްވެފައި ހުރި ޒެންގްގެ މަންމަ ޗައިނާގެ ލޯކަލް ޗެނަލް އަކަށް މަޢުލޫމާތު ދީފައި ވެއެވެ.
މިކަންކުރި ޑޮކްޓަރުންނާއި މިޑީލް ކުރި މީހުން ދަނީ ޕޮލިހުން ހޯދަމުންނެވެ. އައިޕެޑް 2 ޗައިނާގައި ވިއްކަން ފަށާފައި ވަނީ މީގެދެ 2 މަސްކުރިންނެވެ. އައިޕެޑް 2 ގަތުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ ބޮޑެތި ކިޔޫތަކެއް ވަނީ ހަދާފައެވެ. މިއަހަރު ނިމުމުގެ ކުރިން އެޕަލްގެ 25 ސްޓޯރ ޗައިނާގައި ހުޅުވާނެކަމަށް ވެއެވެ.
ކުޑަކުދިން އިންޓަރ ނެޓްގައި ކުރަނީ ކޮންކަމެއްތޯ ބަލަންޖެހެނީ މިހެންވެއެވެ. މިކަހަލަ މީހުންގެ އަވާގައި ޖެހި ކުޑަކުދިން ހަލާކުވެދާނެއެވެ. ބެލެނިވެރިން ކުޑަކުދިން އިންޓަރނެޓްގައި ހޭދަކުރާ ވަގުތުގައި ކުރާކަންކަމަށް ނަޒަރު ހިންގަން ޖެހެނީ މިހެން ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...