ރާއްޖޭގެ ޚަބަރު

ޑރ. ޒާކިރު ނައިކަށް ގައުމެއްގެ ރައިސްއަކަށް ވުރެންވެސް އަހަމިއްޔަތު ކަމެއް ދޭނަން – އިސްލާމިކް މިނިސްޓްރީ

އަންނަމަހު 31 ޖޫން 6 ޑރ. ޒާކިރު ނައިކް ރާއްޖެއަށް ވަޑައިގަންނަން ހަމަޖެހިފައިވާއިރު، ގައުމެއްގެ ރައިސްއަކަށް ވުރެވެސް، އަހަމިއްޔަތުކަމެއް ދޭނެކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އެމިނިސްޓްރީއިން މިހެން ހާމަކޮށްފައިވަނީ، އެމިނިސްޓްރީގެ ޑިރެކްޓަރަ ޖެނަރަލް އަހްމަދުﷲ ޖަމީލް  ދި އިސްލާމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އަހްމަދުﷲ ޖަމީލް ވިދާޅުވީ ގައުމެއްގެ ރައީސްއަކަށް އެރުވޭ އިޙްތިރާމަށް ވުރެވެސް، ޑރ. ޒާކިރުނައިކަށް އިހްތިރާމް އެރުވުމަށް އަހަމިއްޔަތުކަން ދެއްވާނެކަމަށެވެ. އެއީ ޢިލްމީ ގޮތުން ހުނަރުވެރި، ބޭފުޅެއްކަމަށާއި، ވަރަށް ގިނަ ފަރާތްތަކެއްގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްވުމުން، ގައުމެއްގެ ރައީސްއަކަށް ވުރެވެސް ބޮޑު އަހަމިއްޔަތުކަމެއް ދޭނެކަމަށެވެ.

ޑރ. ޒާކިރު ނައިކް ރާއްޖެ  ވަޑައިގަންނަވާއިރު، އިސްލާމިކު މިނިސްޓްރީއިން މިހާތަނަށް ވެފައިވާ ތައްޔާރީތަކަކީީ ކޮބައިތޯ ސުވާލުކުރުމުން އަޙްމަދުﷲ ވިދާޅުވީ، މިހާރު ޑރ. ޒާކިރު ނައިކްގެ ލެކްޗަރ ބާއްވާނެ ތަނެއް ހޯދުމަށް ތިންތަނެއް ބަލަމުންދާކަމަށާއި، އަދި ޑރ. ޒާކިރުނައިކާއި، އޭނާގެ އާއިލާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން ސަރުކާރުގެ ކަމާއިބެހޭ މުޢައްސަސާތަކާއި ވާހަކަ ދައްކަމުންދާކަމަށެވެ.

ޑރ. ޒާކިރު ނައިކް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ހަމަ މިއަހަރުތެރޭގައި އަބުދުރަހީމް ގްރީން ގެނައުމުގެ މަސައްކަތްވެސް ޖަމްޢިއްޔަތުއް ސަލަފުން ކުރަމުންދާކަމުގެ މަޢުލޫމާތު ދިއިސްލާމްއަށް ވަނީ ލިބިފައެވެ.
ޑރ. ޒާކިރު ނައިކް ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ގޮތުގެ ތަވާލު ބެއްލެވުމަށް!

ގުޅުންހުރި

1 ޚިޔާލު

  1. އިސްލާމިކް މިނިސްޓުރީގެ އިސްވެރިން ދީނާއި ގައުމަށް ތިކުރަމުންދާ ބުރަ މަސައްކަތްތަކަށް ޝުކުރުދަންނަވަމެވެ.‫​ މިއީ މީގެކުރިން ދުވަހަކުވެސް ރާއްޖެ ދުއްކަންތައްތަކެއްނޫނެވެ.‫​

Your email address will not be published. Required fields are marked *