ބޮސްނިއާގެ ޤަތުލް ޢަންމު ހިންގި ރަޓްކޯ މްލަޑިޗް 16 އަހަރުފަހުން ހައްޔަރު ކޮށްފިއެވެ.
ފިލައިގެން އުޅޭތާ 16 އަހަރު ފަހުން މްލަޑިޗް ހައްޔަރުކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާ ސާރބިއާގެ ރައީސް ޓީވީ މެދުވެރިކޮށް އިއްޔެ ހާމަކުރި ގޮތުގައި "ސަލާމަތީ ބާރުތަކުން މްލަޑިޗް ހައްޔަރުކުރީ މިއަދު ހެނދުނު" ކަމަށެވެ. ހަނގުރާމައިގެ ކުއްވެރިއެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރު މްލަޑިޗް ހައްޔަރު ކުރިއިރު އޭނާގެ އުމުރުން 96 އަހަރު ވެފައިވާކަމަށާއި އޭނާ މިވީހާ ދުވަހު ފިލައިގެން އުޅުނީ އޭނާގެ ތިމާގެ ގެއެއްގައި އޭނާއަށް ސަޕޯޓްކުރާ މީހުންގެ އެހީތެރިކަމާއި އެކުގައެވެ.
ރަޓްކޯ މްލަޑިޗް އަކީ ގިނަ ބަޔަކު ދެކޭގޮތުގައި 1995 ވަނަ އަހަރު ބޮސްނިއާގައި މުސްލިމުން މެރުމުގެ ފަހަތުގައި ހުރި އެއް ޤާތިލެވެ. ޚަބަރުލިބޭ ގޮތުގައި ރަޓްކޯ މްލަޑިޗް ހައްޔަރުކުރުމަށްފަހު މިއަދު އޭނާ ވަނީ ހަނގުރާމައިގެ ކުށްތައް ބަލާ ކޯޓަށް ހާޒިރު ކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...