ރާއްޖޭގެ ޚަބަރު ހިރިލަންދޫއަށް 'ހޮނު' އަޅައިފި

ހިރިލަންދޫއަށް 'ހޮނު' އަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ހިރިލަންދޫއަށް 'ހޮނު' އަޅައިފިކަމުގައި އެރަށުން ހާމަކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރަމުންދިޔަ ގަދަ ވިއްސާރައިގައި ވިދާ ގުގުރުމަށްފަހު ހޮނުއެޅުމުގެ ސަބަބުން އެރަށުގެ ބައެއް ގޭގެ ކަރަންޓު ސާމާނަށްވަނީ ގެއްލުން ލިބިފައެވެ. އަދި  އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރ ވެސް ވަނީ ހަލާކުވެފައިކަމަށް ހިރިލަންދޫ އިން ހަބަރު ލިބެއެވެ.

ހިރިލަންދޫއަށް ހޮނު އަޅާފައިވަނީ އެރަށުގައި ހުންނަ ވަތަނިއްޔާ އަދި ދިރާގު އެންޓަނާއަށެވެ. ހޮނުއެޅުމުގެ ސަބަބުން ދިރާގު ލޭންޑް ލައިންގެ ނުލިބޭ ކަމަށާއި ދިރާގާއި ވަތަނިއްޔާގެ މޯބައިލް ހިދުމަތްވެސް އެވަގުތު ކެނޑިގެން ދިޔަކަމަށް ހަބަރުލިބެއެވެ.

ހިރިލަންދޫ ކައުންސިލަރާއި ހަވާލާދީ މިއަދު ނޫހުގައި ހާމަކޮށްފައިވާގޮތުގައި، އެރޭ 'މުޅި އުޑުމަތި އޮތީ ރަތް ކުލައިން އަނދިރިވެފަ' ކަމުގައެވެ.

ޓެގް

ކޯފާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.