"ޤިޔާމަތް"ދުވަސް އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހަށް ލަސްވެއްޖެކަމަށް، ކެލްފޯނިއާގާ ނަޞާރާ ދީން ފަތުރާ މީހެއްކަމަށްވާ ހެރާލްޑް ކެމްޕިން ބުނެފިއެވެ.
ނަޞާރާ ދީން ފެތުރުމުގެ ގޮތުން، ކެމްޕިން ގެނެސްދޭ ރޭޑިއޯ ޕްރޮގުރާމެއްގައި މީގެ ކުރިން ބުނެފައިވަނީ، މެއި މަހުގެ 21 ވަނަ ދުވަހު ގިޔާމަތް ވާނެކަމަށެވެ. ނަމަވެސް މެއި މަހުގެ 21 އައިސް ދިޔަ އިރުވެސް "ޤިޔާމަތް" ނުވުމުން ކެމްޕިންއަށް ވަނީ ވަރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފައެވެ.
މީގެ ކުރިން 89 އަހަރުގެ،ކެމްޕިން ބުނެފައިވަނީ، މެއި 21 ވަނަ ދުވަހު "ޤިޔާމަތް" ވާނެކަމަށާއި، މެއި 21 ވަނަ ދުވަހުގެ ހެނދުނު 6 ޖަހާއިރަށް ބޮޑެތި ބިން ހެލުންތަކެއް އަންނާނެކަމަށެވެ. އަދި، "ސޯލިހު" ނަޞާރާއިން ސުވަރުގެއަށް ގެންދާވާނެ ކަމަށެވެ. އޭނަ ހިސާބު ކުރިގޮތަށް "ޤިޔާމަތް" ދުވަސް ދިމާނުވުމުން ، ކެމްޕިން ވަނީ، ހޯމަ ދުވަހު އޮތް އޭނަގެ ރޭޑިއޯ ޕްރޮގުރާމްގައި އެކަމަށް މައާފަށްވެސް އެދިފައެވެ.
ހެރާލްޑް ކެމްޕިންއަކީ މީގެ ކުރިން، 1994 ވަނަ އަހަރުވެސް "ޤިޔާމަތް" ވާނެކަމަށް، އަޑުތައް ފަތުރާ މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ.
މެއި 21 ވަނަ ދުވަހު "ޤިޔާމަތް" ވާނެކަމަށް ބުނުމުން، އެކަން އިސްތިހާރުކޮށް، މީހުންނަށް އަންގައިދިނުމަށް އެތައް މިލިއަން ޑޮލަރެއް، "ފެމިލީ އިންޓަނޭޝަނަލް ރޭޑިއޯއިން" ހަރަދުކޮށްފައިވެއެވެ. އަދި، ބޮޑެތި ބިލް ބޯޑުތައް ބޭނުންކޮށްގެން "ޤިޔާމަތް" ދުވަހަށް "ކައުންޓް ޑައުން" ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ހެރާލްޑަށް ތަބައަވާ ބައެއް މީހުންވަނީ،" ޤިޔާމަތް"ވާތީ އެމީހުން ރައްކައު ކޮށްފައިހުރި ފައިސާވެސް އެކި ކަންކަމަށް ހަދިޔާކޮށްފައެވެ.

















ހެހެހެ..ދެން މަހީ ހީ..
މަވެސް……
ހުރިހާ އިންތިޒާމުތަކެއް ފުރިހަމަނުވެ ހުރީމަ ޑިލޭ ވީ ދޯ؟ ދެން މިކަހަ ގަޅިން ދައްކާ ވާހަކަވެސް ބައެއް މީހުން ޤަބޫލުކުރޭ ވިއްޔާ ދޯ؟؟ ކޭއީ ކޭއީ…. ހީ ހީ ހަލާކު
މިދެން ކާކުތަ މިއުޅެނީ މާ އެނގިގަނެގެން؟؟؟؟؟ ދެން ކީކޭ ބުނާނީ…. ސޯލިހް ނަސާރާ އިން ދާނެ ސުވަރުގެ އެއް ހުރި ކަމެއް އެނގިފައެއް ނެން. އެނގޭ ގޮތުގައި އެބައި މީހުން ދާން އޮތް ތަނަކީ ނަރަކަ. މާތްﷲ އީ އެންމެހައި ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާން ގެ!!!
ދެން އަމިއްލަ އަޖަލު ހަމަވާއިރުވެސް ޤިޔާމަތްދުވަސް އަންނާނެ އިރެއް ހޯދަން އޮވޭ! ވަރަށް ރީތި ވާނެ އޭރުން. އަދި އެންމެ މަޖަލީ މުޅި ދުނިޔެއަށް މި ޚަބަރު އިސްތިހާރު ކުރާތީ، އެ ‘ފެމިލީ އިންޓަނޭޝަނަލް ރޭޑިއޯ’ އަކުން.
ހެހެހެހެހެ ގަދަ ގޮލައެއް ދޯ………އެކަމް ހިތުން……..
ހެޔޮކޮށް ތިބުނީ……
އާނ އަދި އޮކްޓޯބަރ މަހުގައިވެސް ޑިލޭ ކުރާނެ.
ހަހަހާ ބޯގޯސް
އޭނަ މަރުވާނެ ދުވަހެއް ބަލާފަ ކައުންޑައުން ހަދަހަދާ ހުންނަން ވީނު. އެވަރުވެސް ނޭގޭ. ޤިޔާމަތްވާ ދުވަސް އޭނައަށް އެގޭނެތަ؟ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މަތިވެ މާތްﷲ.
ނޫސްވެރިކަން ރަނަގަޅު ގޮތުގައި ބޭނުން ކުރެއްވުމަށް ހަނދާން ކޮށްލަދެން، މިއަީ ނަޞަރާދީނުގެ މީހުން ވެސް އެމީހުންގެ ދީން އިޝްތިހާރު ކުރުމަށް ގެންގުޅޭ އުކުޅެއް، ދެން އަނެއް ކަމަކީ، ތިޔަދައްކަވަނީ ޤިޔާމަތު ދުވަހުގެ ވާހަކަ އެދުވަހުގެ ބިރުވެރިކަމާ އެދުވަހުގެ ކަންތައްތައް، އެއްވެސް މުސްލިމަކަށް އޮޅިފައިވާނެ ކަމަކަށް ބޮލުގައި ސިކުނޑިއެއް އިންނަ އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ. ޤިޔާމަތް ދުވަހުގެ ބިރުވެރިކަން މުސްލިމުން ގެ މެދުގައި ޖޯކަކަށް ބަދަލު ކުރުމަކީ އަސްލު ނަޞާރާއިން ބޭނުން ވާ ވ ވ ވ ބޮޑު ކަމެއް، ކޮމެންޓް ތަކަށް ބަލާލާ އިރުވެސް އެކަން ފާހަގަ ކުރެވޭ ހާދަ ދެރަޔޭ. ދެން އަނެއް ކަމަކީ، ތާކު ހުރި ބޯގޯހެއް ކަލަކަށް ދައުވާ ކުރި އިރު އަހަރުމެނަށް އެކަން ޚަބަރަކަށް ވީތީ . إنا لله و إنا إله راجعون
ހަހަހަހަ… ހާދަ މޮޔަ މީހުން ތަންތާ އުޅެޔޭ ދޯ.. ކެކެކެކެކެކެ…
އަޞްލު ޙަބަރު ގެނެސްދޭ ފަރާތުގެ ޒިންމާ ސާލިމް އުފުލައްވައިފިކަމާ މެދު ޝައްކެއް ނެތް. އެ ޙަބަރުގައިވާ ގޮތަކީ ޙަބަރު ގެންނަ ފަރާތުގެ ޤަބޫލުކުރާ ގޮތް ނުވަތަ އަޤީދާއަށް ވާކަށްވެސް ނުޖެހޭ ދެއްތޯ. އެބަޔާންކޮށްދެއްވީ ކަން ހިނގީމާ ހިނގިގޮތް. ބޮލުގައި ސިކުނޑިއެއް އިން މުސްލިމެއް ވިއްޔާ މިއިން ދޭހަވާނީ ނަޞާރާ ދީނުގެ ގަޅިކަން. އެކަން ވަރަށް ސާފު. ޤިޔާމަތުގެ ބޮޑުކަމާއި ބިރުވެރިކަމާ ބެހޭ ގޮތުން ޙަބަރެއްގައި މާ ބޮޑު އެއްޗެއް ނުގެނެވޭނެ. ނޫސްވެރިކަމުގެ އުޞޫލުތަކުގައި ވާގޮތުން. އެކަން ކުރެވޭނީ އެކަމަށް ޚާއްޞާ މީހުންގެ ފަރާތުން ކަމަށް އަޅުގަނޑަށް ބުރަވެވެނީ. ޝުކުރަން.
ރޯކާފަރުން ފަތުރާ ހަމުގައި ޖެހިއްޖެ،، ތިޔާއީ ވަރައް ހުތުރު ޚަބަރެއް. ތަންދޮރުނުބަލާ މިފަދަ ނުބައި ޖާހިލުންގެ މީޑިޔާ ކެމްފެއިންތަކުގައި ނުޖެހުމަށް ގޮވާލަން… އެމީހުން ބޭނުންވަނީ އިސްލާމުންގެ މެދުގައި އެމީހުން މޮޅުވާން އަދި ޚަބަރު ލިޔެފައި އިން ސޮރު ހޭވެރި ނުވަނީ އެއީކީ މޮޅުވީކީ ނޫން