އަރަބިދުނިޔެދުނިޔެ

އެހީއާއެކު ދަތުރުކުރަމުންދާ މަނަވަރު، ދެވަނަ ފަހަރަށް ގައްޒާއަށް ބަނދަރުކުރުމަށް މަސައްކަތް ފަށައިފި.

ލިޔުނީ: ހުސެއިން ސާލިމް

މެލޭޝިއާއިން ސްޕޮންސާ ކޮށްގެން ގައްޒާއަށް ފޮނުވާ އެހީގެ މަނަވަރު " ދަ ސްޕިރިޓް އޮފް ރަޝެލް ކޮރީ"  ދެވަނަ ފަހަރަށް ގައްޒާގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް މަސައްކަތް ފަށައިފިއެވެ.

ގައްޒާގެ ގެއެއް ބިމާ ހަމަކޮށްލުމަށް އިޒްރޭލުން ދިން ބުލްޑޯޒަރުގެ ހަމަލާއެއްގައި މަރުވެފައިވާ އެމެރިކާގެ ރައްޔިތެއްކަމަށްވާ، ރަޝެލް ކޮރީ ގެ ނަމުން ނަންދެވިފައިވާ، މި މަނަވަރު މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ވަނީ ގައްޒާގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެފަހަރު އިޒްރޭލުގެ ކަނޑުގެ ސިފައިން ވަޔަށް ބަޑި ޖަހާ މަނަވަރަށް އިންޒާރު ދިނުމުން ގައްޒާގެ ކަނޑުގެ ސަރަހައްދަށް ނުވަދެ ވަނީ މަޑުކޮށްފައެވެ.

ގައްޒާގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް އިޒްރޭލުން ހުރަސް އެޅުމުން، އެހީގެ މަނަވަރު މަޑުކޮށްގެން އޮތީ މިސްރުގެ ކަނޑުގެ ސަރަހައްދުގައެވެ. އަދި ދެވަނަ ފަހަރަށް ގައްޒާއަށް މިސްރާބު ޖެހުމަށް މަނަވަރުން ނިންމާފައި މިވަނީ، މިސްރުގެ އަލް އަރިޝް ބަނދަރަށް ގާތްކުރުމަށް އެދުމުންވެސް މިސްރުން އެކަމަށް ހުއްދަ ދީފައި ނުވާތީކަމަށް އެހީގެ ތަކެއްޗާއެކު ދަތުރު ކުރަމުން ދާ މަނަވަރުގެ އޮފިޝަލަކާ ހަވާލާދީ، އޭ އެފް ޕީ ނޫސް އެޖެންސީން ހާމަކުރެއެވެ.

މަނަވަރުގައި ތިބި އެކްޓިވިސްޓުންގެ ފަރާތުން ވާހަކަ ދައްކަވަމުން  މަތިއަސް ޗޭންގް ބުނެފައިވަނީ، އެމީހުން މިހާރު ގައްޒާއަށް މިސްރާބު ޖަހާފައި ވާކަމަށާ، ކޮންމެ ކަމަކާ ކުރިމަތިލާންޖެހުނަސް ފަރުވާލެއް ނެތްކަމަށެވެ. އަދި ބޯޓުން ކާނާއާއި، ފެން ހުސްވަމުން ދާތީ، ދެން އިތުރު ގޮތެއް ނެތްކަމަށެވެ.

ގައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދާ މި މަނަވަރަށް ހުރަސް އެޅުމުގައި، އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށްބުނެ މަނަވަރުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުން ވަނީ މިސްރަށް ވަރަށް ބޮޑަށް ފަޑު ކިޔާފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިޞްރުން މިހަދަނީ ކިހިނެތް؟ މުބާރަކުހެން އެމެރިކާއަށް ދީލާލަނީދޯ! ޑިމޮކްރަސީއޭ ކިޔައިގެން އަނގައަރުވާ މީހުންވެސް އާޚިރުގައި ޑިކްޓޭޓަރުންގެ މަގުން ހިނގާތަން ގިނައިން މިފެންނަނީ. ޑިމޮކްރަސީއަކީ އިސްލާމީދުނިޔެއަށް އޮތް ޙައްލެއްނޫން.

Your email address will not be published. Required fields are marked *