ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް މިމަހު 27 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ހެންވޭރު ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިދަރުސް އިންތިޒާމް ކުރާ ޒުވާނުން ހާމަކޮށްފިއެވެ.
މިކަމުގައި އިސްކޮށް އުޅޭ ޒުވާނަކު ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވޭ މި ދަރުސްގެ މައުޟޫއަކީ "ޒުވާނުންނަށް" ކަމަށެވެ. އަދި ދަރުސް ކުރިއަށް ދާއިރު އެތަނުގައި ކެންޓީނުގެ އިތުރުން ދީނީ ފޮތާއި ސީޑީ ފަދަ ތަކެތި ލިބޭނެ ސްޓޯލް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
މި ދަރުސް އިންތިޒާމް ކުރުމުގައި ޖަމްޢިއްޔަތުއްސަލަފް އާއި، މުސްލިމުންގެ ގުޅުމާއި، ޕީސް ފައުންޑޭޝަންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށް އޭނާ ފާހަނގަ ކުރިއެވެ.
ހަމަ މިޒުވާނުން އިންތިޒާމްކޮށްގެން މިހުކުރު ދުވަހު ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...