ރާއްޖޭގެ ޚަބަރު ސްރިލަންކާގެ ހައިކޮމިޝަންގައި 'ބުދަށް އަޅުކަން ކުރާތީ' އެތަނަށް މީހުން ޖަމާވެއްޖެ

ސްރިލަންކާގެ ހައިކޮމިޝަންގައި 'ބުދަށް އަޅުކަން ކުރާތީ' އެތަނަށް މީހުން ޖަމާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްރީލަންކާ ހައިކޮމިޝަން ކައިރީގައި މީހުން ޖަމާވެފައި؛ ފޮޓޯ: ދިއިސްލާމް/އަފްރާހް

ސިރިލަންކާގެ ހައިކޮމިޝަންގައި 'ބުދަށް އަޅުކަން ކުރާތީ' އެތަނަށް މީހުން ޖަމާވެއްޖެކަމަށް ދިއިސްލާމްގެ މުރާސިލް ދާދި ދެންމެއަކު ހާމަކޮށްފިއެވެ.

މިރޭ ގާތްގަޑަކަށް 9.30 އެހާކަން ހާއިރު ވަތަނިއްޔާ އޮފީސް ކައިރީ ހުންނަ ސްރީލަންކަން ހައިކޮމިޝަން ކައިރީއަށް މީހުން އެއްވެފައިވަނީ އެތަނުގައި ބުދެއް ބަހައްޓައިގެން އަޅުކަން ކުރާކަމަށް ބުނެއެވެ. ދިއިސްލާމްއަށް މައުލޫމާތު ދެމުން އެތަނުން ނުކުތް ލަންކާ މީހަކު ވާހަކަ ދައްކަމުން ބުނެފައިވަނީ "މިތަނަށް ލަންކާ މީހުން މިއަންނަނީ މީގެ ދެދުވަސް ކުރިއަކީ ބުއްދާގެ އުފަން ދުވަސް ކަމަށާއި އެދުވަހަކީ ބަންދު ދުވަހެއް ކަމުގައި ނުވުމާއި ސަރުކާރު ބަންދުވުމުން އެދުވަސް މިރޭ ފާހަގަ ކުރަނީ" ކަމަށެވެ. އަދި އޭނާ އިތުރަށް ހާމަކުރި ގޮތުގައި "ހައިކޮމިޝަންގައި މީގެ ކުރިންވެސް ހިލައިން ހަދާފައިވާ ބުދެއް ހުންނަ ކަމަށާއި މިއަދު އެތަނަށް ބުދެއް ގެނެސްގެން އުޅެނީ ނޫން" ކަމަށެވެ.

އެތަނުން ވާހަކަ ދެއްކި ލަންކާ މީހާ އިތުރަށް ހާމަކުރި ގޮތުގައި 'ބުއްދާގެ އުފަންދުވަސް ފާހަގަ ކުރަން ބުދު ދީނުގެ ބޮޑު މީހަކު ހައިކޮމިޝަނަށް އައިސް މިއަދު ހެނދުނުން ފެށިގެން ތަފާތު ހަރަކާތްތައް ހިންގަމުންދާ"ކަމަށާއި "ގިނަ އަދަދެއްގެ ލަންކާ މީހުން މިކަމުގައި ބައިވެރިވެފައިވާ"ކަމަށެވެ. ދިއިސްލާމްގެ ޖާނަލިސްޓުން   އެސަރަހައްދަށް ދިޔައިރު ހައިކޮމިޝަނުން ގިނަ އަދަދެއްގެ ލަންކާ މީހުން ވަދެ ނިކުމެ ހަދަމުންދާއިރު ދިވެހިން ވެސް އެތަނަށް އެއްވެ ނުރުހުން ފާޅުކުރަމުން ދެއެވެ.

ދާދިފަހުން ކަސްޓަމް އިން ވަނީ އަޅުކަން ކުރަން ގެންގުޅޭ ބުދުތަކެއް އެތެރެ ކުރަން އުޅެނިކޮން ހިފަހައްޓާފައެވެ. މިފަދަ ބުދުތައް ރާއްޖޭގައި ގެންގުޅޭކަން ދޭތެރެ ދޭތެރެއިން އަޑުފެތުރެމުންދެއެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.