ރާއްޖޭގެ ޚަބަރު 'އަނެއް ފިކުރު'ގެ ނަމުގައި ރޭޑިއޯ އެޓޯލްއިން ޕްރޮގްރާމެއް ފަށަނީ...

'އަނެއް ފިކުރު'ގެ ނަމުގައި ރޭޑިއޯ އެޓޯލްއިން ޕްރޮގްރާމެއް ފަށަނީ...

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

'އަނެއް ފިކުރު'ގެ ނަމުގައި ރޭޑިއޯ އެޓޯލްއިން ޕްރޮގްރާމެއް މާދަމާއިން ފެށިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިއިސްލާމްއަށް ހަބަރު ލިބިއްޖެއެވެ.

ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި މިއީ ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުން ގެންދާ ކުދިންކޮޅަކާއި ރޭޑިއޯ އެޓޯލް އާއި ގުޅިގެން މުޅިން އަލަށް ފަށާ ޕްރޮގްރާމްއެކެވެ. ޕްރޮގްރާމް ގެނެސްދިނުމުގެ އިސްކޮށް އުޅުއްވާ ކުއްޖަކު ދިއިސްލާމްއަށް މައުޟޫމާތު ދެއްވިގޮތުގައި 'ރާއްޖޭގައި އެދުވަސްވަރަކު އެންމެ ހިނގާ ކަންތައްތަކާއި މެދު ހިޔާލުފާޅުކުރުމުގެ އިތުރުން ކިޔަވާ ކުދިންގެ ޝުއޫރުތަށް މިޕްރޮގްރާމްގައި ގެނެސްދެވޭނެ.'އެވެ.

ޕެނަލް ޑިސްކަޝަންއެއް ގޮތަށް ކުރިއަށްދާ މިޕްރޮގްރާމް އޮންނާނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9 އިން  10 އަކަށް ކަމަށް ރޭޑިއޯ އެޓޯލްގެ ފަރާތުން ހާމަކުރެއެވެ. ރާއްޖޭން ބޭރުގައި ކިޔަވާކުދިންތަކެއް ގެނެސްދޭ މިޕްރޮގްރާމް އަކީ ރާއްޖޭން ބޭރުން ރެކޯޑް ކޮށްގެން ގެނެސްދެވޭނެ ޕްރޮގްރާމްއެކެވެ.

ޓެގް

ރޭޑިއޯ އެޓޯލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.