ރާއްޖޭގެ ޚަބަރު ތިންވަނަ އިންތިފާޟާގެ ޙަރަކާތްތައް ފުރުޤާން މިސްކިތުގައި ކުރެވޭ ފަތިސްނަމާދުން ފަށަނީ!

ތިންވަނަ އިންތިފާޟާގެ ޙަރަކާތްތައް ފުރުޤާން މިސްކިތުގައި ކުރެވޭ ފަތިސްނަމާދުން ފަށަނީ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރައްވާ ފަހުލަވާނުންނަށް ހެޔޮ ދުޢާކުރުމަށް ނިމިދިޔަ ހުކުރު ދުވަހުގެ ފަތިސްނަމާދަށްފަހު މުސްލިމް އުއްމަތުގެ އެކި ކަންކޮޅުގައި ފެށިފައިވާ ބައިނަލް އަޤްވާމީ ޙަރަކާތްތަކުގައި ދިވެހީން ބައިވެރިވުމަށްޓަކާ މިރޭ ފަތިސްނަމާދަށް ފަހު ރާއްޖޭގައި ޙަރަކާތްތައް ފަށާނެކަމަށް އެ ޙަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދީފިއެވެ.

ދިއިސްލާމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަރަކާތް އިންތިޒާމް ކުރަނީ ފޭސްބުކް ގްރޫޕެއްގެ ގޮތުގައި "ފްރެންޑްސް އޮފް ޕެލަސްޓައިން (އެފް އޯ ޕީ)" އިންނެވެ. އިންތިފާޟާގެ ބޮޑު ދުވަހުގެ ގޮތުގައި ނަންދެވިފައިވާ "ނަކްބާ ޑޭ" ކަމުގައިވާ 15 މެއި 2011 ވާ އާދީއްތަ ދުވަހު މި ޙަރަކާތްތައް ރާއްޖޭގައި ފެށޭނީ މަސްޖިދުލް ފުރުޤާން (ފްލެޓް ކައިރި މިސްކިތް) ގައި ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދުންނެވެ. މިނަމާދުގައި ފަލަސްޠީނާއި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މުޞީބާތުން މިންޖުވޭތޯ ދުޢާކުރުން އޮންނާނެކަމަށް ފޮރެންޑްސް އޮފް ޕެލަސްޓައިން (އެފް އޯ ޕީ)އިން މައުލޫމާތު ދެއެވެ. އަދި ޖަމާޢަތުގެ ނަމާދަށްފަހު، މިމައްސަލައާ ބެހޭގޮތުން އެކި އެކި ދީނީ ދަންނަބޭކަލުންގެ ދަރުސްތަކެއް އޮންނާނެކަމަށް ވެސް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

މިރޭ ފަތިސްނަމާދުން މިފެށޭ ފުރަތަމަ ޙަރަކާތުގައި ވީހާވެސް ގިނަ ދިވެހީން ބައިވެރިވެ ފަލަސްޠީނަށްޓަކާ ހެޔޮ ދުޢާކުރުމަކީ މިކަން އިންތިޒާމް ކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެއްކަމަށް އެފަރާތުން ހާމަކުރައްވައެވެ. އަދި މީގެ އިތުރުންވެސް ތިންވަނަ އިންތިފާޟާގެ ޙަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ފޭސްބުކް ގްރޫޕެއްގެ ގޮތުގައި ފެށިގެން އައި "ފްރެންޑްސް އޮފް ޕެލަސްޓައިން (އެފް އޯ ޕީ)" އިން ހާމަކުރެއެވެ.

ފަލަސްޠީނުގެ ވެރިރަށް ޤުދުސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތްކަމުގައިވާ މަސްޖިދުލް އަޤްޞާ ސަޙްޔޫނީ ޔަހޫދީ ބާރުތަކުން މިނިވަންކުރުމަށްޓަކާ އިސްލާމީ އުންމަތުގައި މިހާރު ދަނީ ވަރުގަދަ ޙަރަކާތްތަކެއް ހިނގަމުންނެވެ.

ރާއްޖޭގައި ކުރިއަށް މިދާ ޙަރަކާތާ ބެހޭ އިތުރު މައުލޫމާތު، އިންޝާ ﷲ، ދިއިސްލާމްއިން ގެނެސްދެވޭނެ ވާހަކަ މައުލޫމާތަށްޓަކާ ދަންނަވަމެވެ.

"ފްރެންޑްސް އޮފް ޕެލަސްޓައިން (އެފް އޯ ޕީ)" ގެ ޕޭޖަށް ޒިޔާރަތް ކުރައްވާ! އަދި ވީހާވެސް ގިނަ ދިވެހިންނަށް މިމެސެޖް ފޯރުކޮށްދެއްވާ!

http://www.facebook.com/FriendsofPalestine

ޓެގް

އިންތިފާޟާ ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.