ސައިންސާއި ޓެކް އެއް ލައްކަ ފޭސްބުކް އެޕްލިކޭޝަނުން ޕާސަނަލް ޑާޓާ ލީކުކުރޭ : ސައިމެންޓެކް

އެއް ލައްކަ ފޭސްބުކް އެޕްލިކޭޝަނުން ޕާސަނަލް ޑާޓާ ލީކުކުރޭ : ސައިމެންޓެކް

އެއް ލައްކަ ފޭސްބުކް އެޕްލިކޭޝަނުން ޕާސަނަލް ޑާޓާ ލީކުކުރޭ : ސައިމެންޓެކް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

"ތާރޑް ޕާރޓީ އެޕްލިކޭޝަން" ތަކުން ފޭސްބުކްގެ އަމިއްލަ ޕްރޮފައިލްގެ ޑާޓާތައް އޮޅިގެން އެކްސެސްވާތާ އަހަރުތަކެއް ވެއްޖެކަމަށް ސައިމެންޓެކް ސެކިއުރިޓީއިން ބުނެފިއެވެ.

ފޮޓޯތަކާއި، ޗެޓްލޮގާއި އަދި ޕްރޮފައިލްގެ ނަމުގައި މެސެޖް ފޮނުވުމާއި ޕާސަނަލް އިންފޮމޭޝަންވެސް ބަދަލުކުރެއެވެ. މިހެން މިކަން ވުމުން، ތިމާގެ މަޢުލޫމާތު ދޭން ބޭނުންނުވާ ފަރާތްތަކަށް، ތިމާގެ މަޢުލޫމާތު ލިބުން އޮންނަނީ ވަރަށް ފަސޭހަވެފައެވެ. މިގޮތަށް މިކަންވާކަށް އެއްވެސް ފޭސްބުކް ބޭނުންކުރާ ފަރާތަކުން ބޭނުމެއްނުވާނެއެވެ. ނަސީބަކީ މިކަން ތާރޑް ޕާރޓީ އެޕްލިކޭޝަންތަކަށް މިކަން ނޭނގޭތީއެވެ.

އެންޓިވައިރަސް އުފެއްދުމުގައި މަޝްހޫރު ސައިމެންޓެކުން ވަނީ މިކަން ހޯދާފައެވެ. "2007 ވަނަ އަހަރު ފޭސްބުކް އެޕްލިކޭޝަން ތައާރަފްކުރީއްސުރެ ލީކްވެފައިވަނީ ކިތައް ވާހަކަ ކަމެއް ބުނާކަށް ނޭނގޭ. އަދިވެސް ލޮގް ފައިލްތައް ތާރޑް ޕާރޓީ ސާރވަރތަކުގައި ހުރުމަކީ އެކަށީގެންވާކަމެއް" ސައިމެންޓެކްގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

މިކަން ސައިމެންޓެކްގެ ފަރާތުން އެންގުމުން ފޭސްބުކްގެ ޑައިރެކްޓަރ އޮފް ޑިވެލޮޕަރ ރިލޭޝަން ބުނެފައިވަނީ "ސައިމެންޓެކް އިން މިކަން ސަމާލުކަމަށް ގެނައުމުން އަހަރުމެން އެކަމަށް ވަގުތުން އެމީހުންނާއި ގުޅިގެން މަސައްކަތްފަށައިފިން، މިކަން ހޯދާ ބެލުމުން އަދި މިކަމަށް ސާފު ހެކި އަދި ލިބިފައެއްނެތް. އަދި އެއްވެސް ފަރާތަކުން ފޭސްބުކް އިން ހުއްދަ ދީފައިވާ ތާރޑް ޕާރޓީ ޕްރޮގްރާމަކުންވެސް އެއްވެސް ފަރާތެއްގެ އަމިއްލަ މަޢުލޫމާތު އެހެން ފަރާތަކާ ހިއްޞާ ކޮށްފައި ނުވާކަން. އަދި އިޝްތިހާރު ކުރާފަރާތަކަށް ވެސް ޑިވެލޮޕާރ އަކަށްވެސް އެހެންފަރާތެއްގެ މަޢުލޫމާތު ހިއްޞާކުރުމަކީ ފޭސްބުކްގެ ޤަވާއިދާއި މުޅިން ޚިލާފް ކަމެއް." ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފޭސްބުކްގައި ދުވާލަކު 20 މިލިއަން އެޕްލިކޭޝަން އެކިފަރާތްތަކުން އިންސްޓޯލް ކުރަމުންދެއެވެ. ފޭސްބުކް އެޕްލިކޭޝްން ތަކަކީ ފޭސްބުކް ޕްލެޓްފޯރމް އަށް އިންޓިގްރޭޓް ކޮއްފައިވާ އެޕްލިކޭޝަންތަކެކެވެ. ފޭސްބުކްގައި މިފަދަ އެތަކެއް ޕްރޮގަރާމްތަކެއް އެކިފަރާތްތަކުންދަނީ ބޭނުންކުރަމުންނެވެ.

އުފާވެރި ޚަބަރަކީ ފޭސްބުކް އިން މިމައްސަލަ މިހާރު ވަނީހައްލުކޮއްފައެވެ. އެހެންނަމަވެސް ސައިމެންޓެކުން ލަފާދެނީ ވީހާވެސް އަވަހަށް ފޭސްބުކް ޔޫސަރތަކުން ޕާސްވޯޑް ބަދަލުކުރުމަށެވެ. އޭރުން ކުރިން ތާރޑް ޕާރޓީ ސޮފްޓްވެއަރތަކުން ކޮށްފައިވާ މުޢާމަލާތްތައް ބޭނުންކޮށްގެން ތިޔަބޭފުޅުންގެ ޕްރޮފައިލަށް އެކްސެސްއެއް ނުވެވޭނެއެވެ. މިހާރު މިކަން ވަނީ ދުނިޔޭގެ މީޑީއާއަށް ޢާންމުވެފައެވެ. އެހެންކަމުން އެކަމުގެ ނާޖާއިޖް ފައިދާ އެހެން ބަޔަކު ނެގުމުގެ ކުރިން ޕާސްވޯޑް ބަދަލު ކުރުން ބުއްދިވެރިއެވެ.

ޓެގް

ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.