ޢަދާލަތު ޕާޓީއިން، ސިޔާސީ ބޭނުންތަކަށް ދީން ހަތިޔާރަކަށް ހަދާ ކަމަށް ބުނެ، އެމް.ޑި.ޕީއިން އެކަން ކުއްވެރި ކޮށްފިއެވެ.
އެމް.ޑީ.ޕީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ހާމަކޮށްފައިވަނީ، 'ޢަދާލާތު ޕާޓީއިން ސަރުކާރުގަ ބައިވެރިވެ ދިނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ 1 ވަނަ މާއްދާގައި ބުނާ ސަރުކާރު ތަމްސީލުކުރާ ބައެއްގެ ގޮތުގައި ތިބެ، ޢަދާލަތު ޕާޓީގެ ޒުވާން ބޭފުޅުން ފާޅުކުރެއްވި ޚިޔާލާއި އިސްލާމްދީނުގައި އެކަން އޮންނަ ގޮތް އާންމު ރައްޔިތުންނަށް އިތުރަށް އޮޅުން ފިލުވައި ދިނުމުގެ ބަދަލުގައި ސިޔާސީ ވާދަވެރިކަން އިސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އިސްލާމްދީނާ އިދިކޮޅު ޚިޔާލު ފާޅުކުރެއްވި ކަމުގެ ދޮގު އިލްޒާމް އަޅުއްވާފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ'ކަމަށެވެ.
އެމް.ޑި.ޕީއިން ނޫސްބަޔާނުގައި، އިތުރަށް ހާމަކޮށްފައިވަނީ ' 25 މާރޗް 2010 ވީ ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލްބީޗުގައި އެމްޑީޕީން ބޭއްވި ދީނީ ދަރުސަކަށް ޑީއާރުޕީން ހުރަސް އަޅައި، ހަމަނުޖެހުން ހިންގައި، އެތައް ދިވެހިރައްޔިތުންގެ ލޭ އޮހޮރުވައި އެމްޑީޕީން ބޭއްވި ދީނީ ދަރުސް ހުއްޓުވި މައްސަލައިގައި ޢަދާލަތު ޕާޓީ ހަނުއޮވެ، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދީން ހަތިޔާރަކަށް ހައްދަވައި ދޮގު އިލްޒާމްތައް އަޅުވަމުންދާއިރު ޢަދާލަތު ޕާޓީގެ ނިޔަތާއި މެދު ސުވާލު އުފެދޭ' ކަމެއް ކަމުގައި އެމް.ޑީ.ޕީގެ ނޫސް ބަޔާނުގައި، ހާމަކޮށްފައިވެއެވެ.
ރައިސްލުޖުމުހޫރިއްޔާގެ ރޭޑިޔޯ ޙިޠާބާއިމެދު، އެމް.ޑީ.ޕީއިން ދެކޭގޮތްވެސް މިނޫސްބަޔާނުގައި ހާމަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ވިދާޅުވެފައިވާ ވިދާޅުވުމަށް ބަލާއިރު އެމަނިކުފާނުގެ ވިސްނުންފުޅަކީ ބަޔަކު ދެއްކި ވާހަކައެއް އާންމު ރައްޔިތުންނާ ހިއްސާކޮށް ދިނީ ގޮތުން އެކަން އޮންނަ ގޮތް އިތުރަށް ސާފުކޮށްދިނުމަށް ދީނީ އިލްމުވެރިންނަށް ފުރުޞަތުދެއްވުން ކަމަށް އެމް.ޑީ.ޕީގެ ނޫސްބަޔާނުގައިވެއެވެ.
އެމް.ޑީ.ޕީގެ މިވާހަކައިން ދޭހަވަނީ ރައިސްލުޖުމުހޫރިއްޔާ ވިދާޅުވި ވާހަކަ ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ފަހުމުނުވީކަމުގައެވެ. އެހެންކަމުން ރާއްޖޭގެ އެންމެ މަތީވެރިޔަކަށް ހުންނަމީހެއްގެ ވާހަކަފުޅު، ދިވެހި ރައްޔިތުންނަށް ފަހުމު ނުވުމަކީ، އެވެރިއެއްގެ ޤާބިލުކަމާއިމެދު ސުވާލު އުފެދޭ ކަމެކެވެ.
ޚިޔާލު