އޭޝިއާ އިއުލާން ކުރުމަކާއި ނުލާ އޮބާމާ އަފްޢާނިސްތާނަށް

އިއުލާން ކުރުމަކާއި ނުލާ އޮބާމާ އަފްޢާނިސްތާނަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އިއުލާން ކުރުމަކާއި ނުލާ އޮބާމާ އަފްޢާނިސްތާންގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ކޭމްޕަށް ކުއްލި ދަތުރެއް ކުރައްވައިފިއެވެ.

ވެރިކަމާއި ހަވާލުވުމަށްފަހު އޮބާމާ އަފްޢާނިސްތާނަށް މިކުރި ދަތުރަކީ އަފްޢާނިސްތާނުގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިވަމުންދާ އެމެރިކާ ސިފައިންނާއި ބައްދަލުކުރުމަށް ކުރި ދަތުރެއްކަމަށް ހުޅަނގުގެ މީޑިއާތަކުން ހާމަކުރެއެވެ. ރޭގަނޑުގެ ވަގުތެއްގައި ކުރި މިދަތުރުގައި އަފްޢާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީއާވެސް ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަވާ މަޝްވަރާތަކެއް ކޮށްފައެވެ.

އޮބާމާ ބައްރަމް އަޝްކަރީ ވައިގެ ބަނދަރުގައި ސިފައިންނާއި ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ 'އަލްޤައިދާ އާއި ތާލިބާނުންގެ ފަރާތުން އެމެރިކާއަށް އޮތް ނުރައްކާ ނައްތާލުމަކީ އެމެރިކާގެ ސިފައިންގެ މުހިންމު މަޤްސަދެއް'ކަމަށާއި 'އެމެރިކާއަށް އަފްޢާނިސްތާނުގައި ކުރިއެރުންތައް ލިބެމުންތައް އަންނަ'ކަމަށެވެ.

އޮބާމާގެ ބަސްމަގު މިހެން ހުރިކަމުގައި ވިޔަސް އަފްޢާނިސްތާނުގެ މަޝްރަހު ހެކިދެނީ މިޔާއި މުޅިން ތަފާތު ތަސައްވަރެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެމެރިކާއަށް ކުރިއެރުންތައް ލިބޭކަމަށް ވިދާޅުވިއިރު އެމެރިކާ ސިފައިންނަށް މީގެ ކުރިން ނުލިބޭހާ ގެއްލުން އަފްޢާނިސްތާނުގައި އެމީހުންނަށް ދަނީ ކުރިމަތިވަމުންނެވެ. 'އަންގާނުލާ' އޮބާމާ އަފްޢާނިސްތާނަށް ވަޑައިގަތީ ތާލިބާނުންގެ ހަމަލާއެއް އަމާޒުވެދާނެކަމުގެ ބިރަށް ކަމަށެވެ.

އޮބާމާ ވެރިކަމަށް އައުމުގެ ކުރިން އަފްޢާނިސްތާންގައި ކުރިއަށް ދިޔަ ހަނގުރާމައަށް ފާޑުކީ ނަމަވެސް ވެރިކަމަށް އައްޔަން ކުރުމާއި އެކު ފެނިގެން މިދަނީ ބުޝް ގެންގުޅުނު 'ޕްލޭން' ފައްކާ ކޮށް ކުރިއަށް ގެންދާތަނެވެ.

ޓެގް

އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.