ރާއްޖޭގެ ޚަބަރު ރޭ ކުރި މުޒާހަރާގެ ބައިވެރިންކަމަށް ހީކޮށް ޒިކުރާ މިސްކިތައް ފަތިސް ނަމާދަށް ގޮސް ތިބި ބަޔަކު ނެރެން ފުލުހުން މަސައްކަތް ކޮށްފި

ރޭ ކުރި މުޒާހަރާގެ ބައިވެރިންކަމަށް ހީކޮށް ޒިކުރާ މިސްކިތައް ފަތިސް ނަމާދަށް ގޮސް ތިބި ބަޔަކު ނެރެން ފުލުހުން މަސައްކަތް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޭ ކުރި މުޒާހަރާގެ ބައިވެރިންކަމަށް ހީކޮށް ޒިކުރާ މިސްކިތައް ފަތިސް ނަމާދަށް ގޮސް ތިބި ބަޔަކު ނެރެން ފުލުހުން މަސައްކަތް ކޮށްފިއެވެ.

ދިއިސްލާމްއަށް މައުލޫމާތު އެތާހުރި މީހަކު ހާމަކުރި ގޮތުގައި "މުޒާހަރާ ރޫޅާލިތާ ކުޑައިރުކޮޅެއް ފަހުން ފުލުހުން އެސަރަހައްދުގައި ތިބި މީހުން ދުރަށް ޖެއްސުމަށްފަހު މިސްކިތުގައި ތިބި ބަޔަކު ނެރެން މަސައްކަތް ކުރީ ކަމަށާއި ފުލުހުން ހީކުރީ މިސްކިތުގައި ތިބި މީހުންނަކީ މުޒާހަރާގެ ބައިވެރިން ކަމަށެވެ. އެހެނަސް މިސްކިތުގައި ތިބި މީހުން ނުކުތުމަށް އިންކާރުކޮށް އެމީހުން އައީ ފަތިސް ނަމާދު ކުރަން ކަމަށް ބުނިކަމަށާއި ދެބައި މީހުންގެ މެދުގައި ބަހުގެ ހަލާތައް ބަދަލުކޮށްފައިވާ"ކަމަށެވެ. ރޭ 9.30 އެހާކަންހާއިރު ފެށި މުޒާހަރާ 7 ގަޑިއިރަށްވުރެ ގިނައިރު ދެމިގެން ގޮސްފައިވަނިކޮން ފުލުހުން ވަނީ ކަރުނަގޭސް ޖަހާ އެސަރަހައްދުން މީހުން ފޮނުވާލާފައެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާގޮތުގައި އެމުޒާހަރާއިން އައި ބަޔަކު މިސްތަށްވެސް އެރިކަމަށެވެ.

މިވާހަކަ ދިޓީވީއިން ވެސް ވަނީ ކިޔާފައެވެ.

ޓެގް

މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.