އަދާލަތުޕާޓީގެ ފަރާތުން އަންނަ ހުކުރުދުވަހު ބާއްވާ އެއްވުމަށް ޖަމްޢިއްޔަތުއްސަލަފުން ތާއީދުކޮށްފިއެވެ.
އެޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވަނީ "ﷲ ބާވާލެއްވި ޝަރީއަތް ދިވެހިރާއްޖޭގައި ޤާއިމް ކުރުމަށް ބާރުއެޅުމުގެ ގޮތުން އަދާލަތުޕާޓީގެ ފަރާތުން 29 ވާ ހުކުރު ދުވަހު ހަވީރު އިންތިޒާމްކުރާ އެއްވުމަށް ޖަމްޢިއްޔަތުއްސަލަފުން ތާއީދު ކުރާވާހަކަ ހާމަ ކުރާ ކަމަށާއި މިކަމުގައި އަދާލަތު ޕާޓީއަށް ދިވެހި އެންމެހާ ލޮބުވެތި ރަށްޔިތުން ހުރިހާ ގޮތަކުން އެހީތެރިކަންދީ އެއްވުމުގައި ފުރިހަމައަށް ބައިވެރިވެ ލެއްވުމަށް އިލްތިމާސް ކުރަމެވެ." މިފަދައިންނެވެ.
ޖަމިއްޔަތުއް ސަލަފުން މީގެ ކުރިންވެސް ވަނީ މިފަދަ އެއްވުންތަކުގައި އަމަލީގޮތުން ބައިވެރިވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...