ރާއްޖޭގެ ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައިސް އަބްދުﷲ ޝާޙިދުއަށް މަރުގެ އިންޒާރު ދީފި

ލިޔުނީ: ހުސެއިން

ރޭ ދަންވަރު 1 ޖަހާކަންހާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައިސް އަބުދުﷲ ޝާހިދު، ދިރިއުޅުއްވާ ގެކޮޅުކައިރިއަށް ބަޔަކުއެއްވެ، އެމަނިކުފާނަށް ރޭ މަރުގެ އިންޒާރު ދީފިއެވެ.

ގާތްގަނޑަކަށް 40 މީހުން އެއްވެ އެމަނިކުފާނު، ދަންޖައްސާ މެރުމަށް ވަނީ ގޮވާލައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައިސް އަބުދުﷲ ޝާހިދު ދިރިއުޅުއްވާ ގެކޮޅު ހުންނަނީ އިބުރާހިމީ މިސްކިތް ކުރިމަތީގައެވެ. މިތަނަށް އެއްވި މީހުން އަޑުގަދަ ކުރުމުގެ ސަބަބުން އިބުރާހިމީ މިސްކިތުގައި، ނަމާދު ކުރުމަށާއި ޤުރުއާން ކިޔަވަން ތިބި ބައެއްމީހުންނަށްވަނީ، އުނދަގޫ އިޙްސާސް ކުރަން ޖެހިފައެވެ. އަބުދުﷲ ޝާހިދުގެ ގެކޮޅުކައިރިއަށް އެއްވި މީހުންވަނީ ރައްޔިތުންގެ މަޖިލިހުގެ ނައިބުރައިސް އަހްމަދު ނާޒިމު ދަންޖައްސާ މެރުމަށާއި، ކުރީގެ ރައިސުލް ޖުމުހުރިއްޔާ މައުމޫން ދަންޖައްސާ މެރުމަށް ގޮވާލައްވާފައެވެ.  ނަމަވެސް ފަހުން ފުލުހުންވަނީ، ދަންވަރު 1:24 ގައި  މިއެއްވި އެއްވުން ރޫޅާލާފައެވެ.

ދާދި ފަހަކުން، 'ޖިބުއެ' ބުލޮގުގައި ދިވެހި އޮބުޒާވަރގެ މަސްޢޫލުވެރިޔާ، ޑިއޯ ސައްޕެއަށާއި، ހިލްޢަތު ރަޝީދަށް މަރުގެ އިންޒާރު ދިނުމުގެ ސަބަބުން، ސަރުކާރުގެ އިންޓަލިޖެންސު އިދާރާއިންވަނީ މިކަން ތަހުޤީގުކުރަން ފަށާފައެވެ. ނަމަވެސް އެމް.ޑީ.ޕީގެ އެކްޓިވިސްޓުންތަކެއް މިހާ ފާޅުކަން ބޮޑުގޮތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައިސްއަށް މަރުގެ އިންޒާރު ދީފައިވާއިރުވެސް، ސަރުކާރުން މިކަމަށް ފިޔަވަޅެއްއަޅާފައި ނުވާކަން މިއީ ފާހަގަ ކޮށްލަން ޖެހޭކަމެކެވެ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *