ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ބޭއްވި 'ރިޙްލާ 2' ނިމިއްޖެއެވެ.
ޖަމިއްޔަތުއް ސަލަފްއިން ކޮންމެ އަހަރަކުވެސް ބާއްވާ 'ރިހްލާ' ޕްރޮގްރާމް މިއަހަރު ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންގޮސްފައިވަނީ ވޭމަންޑޫ، ހިރިލަންދޫ، ވިލުފުށި، އޮމަދޫ، ކަނޑޫދޫ، ދިޔަމިގިލި، މަޑިފުށި، ކިނބިދޫ، ބުރުނި، ތިމަރަފުށި އަދި ވަންދޫގައެވެ.
ރިހްލާގެ ބައިވެރިއެއް ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި މިއީ 'ވަރަށް ކާމިޔާބު' ރިހްލާއެއް ކަމަށެވެ. މިޕްރޮގްރާމްގެ ސަބަބުން ގިނަ ބަޔަކަށް ފައިދާތަކެއް ކުރި ކަމަށެވެ. ރިހްލާ ޕްރޮގްރާމްގައި ސިލްސިލާ ދަރުސްތަކަކާއި ރިތި ޤުރުއާނުގެ ވަރަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބޭއްވިކަމުގެ މައުޟޫމާތު ދިއިސްލާމްއަށް ވަނީ ލިބިފައެވެ.
މިފަހަރުގެ ރިޙްލާއާއިބެހޭގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އިސްލާމީ ހަބަރާއި މައުޟޫމާތު ގެނެސްދޭ ވެބްސައިޓެއްކަމަށްވާ 'ރާއްޖެއިސްލާމް' އަށް ހަމާކުރައްވާފައިވާ ގޮތުގައި، "މިފަދަ ތަރުބަވީ ރިޙްލާއެއް ނިމިގެންދިޔައީ އެތައްބަޔަކަށް އޭގެ ފައިދާއާއި ގިނަގުނަ ހެޔޮ ނަސޭހަތްތަކެއް ލިބި ﷲގެ ދީނުގެ ދަޢުވަތު ދިވެހިރާއްޖޭގެ ކޮޅުމަޑުލުގެ އެންމެހައި ސަރަޙައްދަކަށް ފޯރައިގެންކަމަށްވީތީ މާތްﷲއަށް ޙަމްދުކުރަން! އަދި މިކަމުގައި އެކިއެކިގޮތްގޮތުންނާއި ތަފާތު ރޮނގުތަކުން އެހީތެރިކަމާއި ވާގިވެރިކަން ދެއްވި އެންމެހައި ފަރާތްތަކަށް ހެޔޮދަރުމަ އެކަލާނގެ ދެއްވާށި! ވަކިން ޚާއްޞަކޮށް ރިޙްލާގެ ބައިވެރިންނާއި ތ.ވޭމަންޑޫގެ ޒުވާނުންނާއި އެއަތޮޅުގެ އެހެނިހެން ރަށްރަށުންނާއި އަދި ލ.އަތޮޅުން އަޅުގަނޑުމެންނާ ބައިވެރިވެލެއްވި ވަފުދުތަކަށްވެސް ޝުކުރު ދަންނަވަން.' ކަމުގައެވެ.
ރިހްލާ 2 ގައި ބައިވެރިވެފައިވާ ޝެއިޙުންނަކީ އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ޠޮއްޔިބް ޢަބްދުލް ޙަކީމް އާއި އަލްއުސްތާޛް އަޙްމަދު ނިޒާމެ އެވެ.
ޚިޔާލު