ލިޔުނީ : މުޙައްމަދު ވިޝާޙް
އިޒްރޭލާ ދެކޮޅަށް އައު އިންތިފާޟާއަކަށް ޖާގަ އެއް ނުދޭނެކަމަށް ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް"ވިދާޅުވެއްޖެ" އެވެ. އައްބާސް މިހެން "ވިދާޅުވެފައިވަނީ" ބުދަދުވަހު ޓިއުނީޝިއާއަށް ކުރި ޒިޔާރަތެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
"ހުޅަނގު އައްސޭރީގައި އަދި ކިއެއްތަ ފަލަސްތީނުގެ އެއްވެސް ހިސާބެއްގައި ސަލާމަތީ ކަންކަމަށް ބުރޫ އަރާ އެއްވެސް ކަމެއް ނުވަތަ އަސްކަރީ އެއްވެސް ހަމަނުޖެހުމެއް ހިނގުމަކަށް އަހަރެން ޖާގައެއް ނުދޭނަން" އައްބާސް "ވިދާޅުވިއެވެ". މީގެ އިތުރުން އައްބާސް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ފުރާނަ ރައްކާކުރަން ބޭނުންވާކަމަށް ވެސް ވިދާޅުވެފައެވެ.
"އިންތިފާޟާ އަކަށް ނުވަތަ ހަތިޔާރާއެކު ރައްދު ދިނުމަށް ގޮވާލާ ވާހަކަ ދައްކާމީހުން ފަލަސްތީނުގެ ރައްޔިތުންނާ ދުރުގައި އެކަން ކުރޭ" އެނޭ ބުނެފައިވެއެވެ. މީގެ އިތުރުން ޕީއޭ އޮތީ އިޒްރޭލާ އެކު "ވަރަށް މުހިއްމު" މައްސަލަތަކުގައި އަލުން ވާހަކަ ދައްކަން ތައްޔާރަށް ކަމަށް އައްބާސް "ވިދާޅުވިއެވެ."
މައުލޫމާތު: ޤައްސާމް ވެބްސައިޓް

ކޮމެންޓް (0)
ލޯޑް ކުރަމުން...