ވާހަކަ

74 އަހަރުގެ އަންހެނަކަށް 19 އަހަރުގެ ކުއްޖެއްގެ ރަހުމުކުޑަ ޖިންސީ ގޯނާ

އާދައިގެ މަތިން ސ. ހިތަދޫއަށް އެއީ ވަރަށް ހަމަހިމޭން ފަތިހެކެވެ. ފަތިހު ފަތުމާފުޅު (އަސްލުނަމެއްނޫން) ވެސް ހޭލީ އެހެން ދުވަސްތަކައި އެދުވަސް އޭނާއަށް ތަފާތުވެދާނެކަމެއް ނޭނގޭ ހާލުގައެވެ. ތެދުވެ ބަލާލިއިރު ފެން ނެތުމުން ފެންބަލާ ނުކުތީއެވެ. ފަތިހު ހޭލާ މަގުމަތީގައި އުޅުމަކީ އެމުސްކުޅި އަންހެނާއަށް އާ ކަމެއް ނޫނެވެ. ބަޔެއް މީހުން އޭނާއަކީ 'މޮޔަ' މީހެއްކަމަށް ބުނިނަމަވެސް 'ހަމަ' މީހުންނެކޭ އެއްގޮތައް އޭނާވެސް އެރަށުގައި އުޅެއުޅެ މުސްކުޅި ވީއެވެ. ކުޑަ ތަންކޮޅަކަށް ފާތުމާފުޅަށް ދެވުނުތަނާ މީހަކު އައިސް ފަތުމާފުޅު ގައިގާ ހިފައިގެންފިއެވެ. އޭނާގެ އަތުގައި ފައިސާއެއް ނެތެވެ. އޮތިއްޔާ އޮތީ އޭނާ ފެން އަޅަން ގެންދިޔަ ހަމެވެ. އެހަމުގެ ފެނުން އެޒުވާނާ ކަރުހިއްކަން އުޅެނީ ކަމަށްވެސް ވެދާނެއެވެ. އެހެނަސް ކަންވީ އެހެނެއް ނޫނެވެ. އެޒުވާނާ 'ފެންބޮވައިގަނެފައި' ހުރީ އެހެން ކަމަކަށެވެ.

ފާތުމާފުޅަކީ ގައިބާރުދެރަ ބޯނުރަވެ ހަންގަނޑު ކުރަކިވެފައިވާ މުސްކުޅިއެކެވެ. އެހެނަސް ޒުވާން ކުއްޖެއް ފާތުމާފުޅު އަތުލަފި ކޮށްގެން އެގެންދަނީ ކޮންތާކަށްކަން ނޭގިހުރި ހަޅޭއްލަވަމުންދިޔައެވެ. އެއާދޭހާ ގޮވުންތަކުގެ އަޑު އެޒުވާނާއަށް ނީވެނީކަހަލައެވެ. ދަމަމުން ކަހަލަ ގޮތަކަށް ފަތުމާފުޅު ގެންދިޔައީ އެރަށު ފުއްޓަރު ފަރާތަށެވެ. ގެންގޮސް ވިނަގަނޑު މަތީ ބާއްވާފައި ފާތުމާފުޅުގެ ހަށިގަނޑުން އެޒުވާނާ އުފާ ހޯދަން ފެށިއެވެ. ދުވަސްވެ މުސްކުޅިވެފައިވާ ހަށިގަނޑެއްނަމަވެސް އެޒުވާނާއަކަށް ފަރުވާލެއް ނެތް ކަހަލައެވެ. ފާތުމާފުޅު ހަޅޭއްލަވައިގަތުމުން މޫނުމަތީ ތަފާލެއް ޖަހާ އެޒުވާނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ގަދަކަމުން ޖިންސީ ގުނަވަންތަކާ ބެހި އެޒުވާނާ ބޭނުންހާ ކަމެއް ކުރިއިރު ފާތުމާފުޅު ދިޔައީ ރޮއެ ހޭރެމުންނެވެ. ކުރާނެކަމެއް ކުރުމަށް ފަހު އެޒުވާނާ ދިޔައީ މުސްކުޅި ފާތުމާފުޅު އެތަނަށް ދޫކޮށްލާފައެވެ. ރޮމުން ކޮރުޖަހަމުން ފާތުމާފުޅު ގެއަށް ގޮސް ގޮނޑިއެއްގައި އިށީދެ އިނުމަށްފަހު ބުރުގާއާއި ފައިވާނާއި ބޮލުގައި އައްސާ ވާކޮޅު ނެތުމުން އޭތި ހޯދަން އޭނާއަށް ޖިންސީ ގޯނާ ކުރި ސަރަހައްދަށް އެނބުރި ދިޔައެވެ. އޭރު ފާތުމާފުޅުގެ އާއިލާ މީހުން ދިޔައީ ފާތުމާފުޅު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކަމެއްވެގެން އުޅޭކަން އެނގުނީ ފުއްޓަރު ފަރާތުން ފާތުމާފުޅު ހުރި ހާލު ފެނުނު މީހަކުގޮސް އޭނާގެ ދަރިންނަށް ގޮވާ ނެގުމުންނެވެ.

އާއިލާގެ މީހުން ފާތުމާފުޅު ހޯދަމުން ގެއަށް އައިސްބެލިއިރު ގޭގެ އެތެރޭގައި ލެއިންވަނީ ތަތްތެޅިފައެވެ. އަދި ފާތުމާފުޅު އިށީންދެއިން ގޮނޑީގައިވެސް ވަނީ ހުސްލެޔެވެ.

ފާތުމާފުޅު ހޯދަމުން ދަނިކޮން މާލަސްތަކެއް ނުވެ އޭނާ ފެނުނެވެ. އަވަހަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުނެވެ. އޭރުވެސް ޖިންސީ ގުނަވަނުން ފައިބަމުން ދިޔަ ލޭތަން މަނާ ނުވެއެވެ. ޑަކްޓަރުގެ ލަފާގެ މަތިން ލޭއަޅަން ޖެހުނެވެ. ވަރަށް ހާލުން ލޭ ހޯދައިގެން ލޭއެޅުމުންވެސް އެލޭތައް ހަށިގަނޑުގައި މާގިނަ އިރަކު ހަރެއް ނުލިއެވެ. ލިބިފައިވާ ޖިންސީ ގޯނާގެ ސަބަބުން އެމުސްކުޅިޔާގެ ހަށިގަނޑުން ލޭފައިބަމުންދަނީއެވެ. މުޅިރަށުގައި ވަނީ މިވާހަކަ އާންމުވެފައެވެ. ރާއްޖޭގެ މީޑިއާތަކުގައިވެސް މިވާހަކަ ވަނީ ފަލަ ސުރުހީތަކަށް އަރާފައެވެ.

ފާތުމާފުޅުގެ އޮޕަރޭޝަން ކުރެވުނެވެ. ފުރާނަ ސަލާމަތް ކުރެވުނެވެ. އެހެނަސް ޖިންސީގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާ ފާތުމާފުޅަށް ވަނީ ލިބިފައެވެ. އައިސީޔޫއަށް ފާތުމާފުޅު ބަދަލުކުރިއިރު ފުލުހުންގެ ތަހުގީގަށް 19 އަހަރުގެ ޒުވާނަކު ވަނީ ހައްޔަރު ކޮށްފައެވެ. ފާތުމާފުޅުގެ ވާހަކަތަކުން އެކަމެއް ކުރީ އެކަކު ކަމަށް ބުނިނަމަވެސް އާއިލާއިންނާއި އަވައްޓެރިން ބުނަނީ އެކަކަށް ވުރެ ގިނަ މީހުން މިރަހުމުކުޑަ އަމަލުގައި ބައިވެރިވެފައިވާކަމަށް ޝައްކުވާ ކަމަށެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ އެފަތިހު ދެތިން ޒުވާނުން އެގޭ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.

ފާތުމާފުޅަށް މިދިމާވީ ފަހަކަށް އައިސް މަދުން ނޫނީ ނުވާ ކަމެކެމެވެ. ޒުވާނުން ޒުވާނުންގެ އިއްފަތް ފޭރިގަނެއެވެ. ބޮޑެތި މީހުން ކުޑަކުދިންގެ އިއްފަތް ފޭރެއެވެ. އެހެނަސް ޅަދޮޅު ޒުވާނެއް މުސްކުޅިއަކަށް ޖިންސީ ގޯނާ ކުރުން މިއީ އަދި އާންމު ނޫންކަމެކެވެ. ކޮންމެއަކަސް ފަތުމާފުޅާއި އޭނާގެ އާއިލާ މިއަދު ތިބީ މާޔޫސްވެފައެވެ. އިންސާފެއް ލިބޭނެ ކަމުގެ އުންމީދު ނެތް އިރު ފާތުމާފުޅު މުސްކުޅިވީދުވަހު ކުރިމަތިލާން މިޖެހުނީ މާ ހިތްދަތި ގޮތެކެވެ. (ނިމުނީ)

ނޯޓް؛ މިއީ ސ. ހިތަދޫގައި ދާދިފަހުން ހިންގާފައިވާ ހާދިސާގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކަ ލިޔެފައިވާނީ ވާހަކަ ލިޔުނުއިރު ލިބިފައިވާ އެންމެ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ. މިވާހަކަ އާއި ގުޅޭ ޚަބަރު ހަވީރު ނޫހުން ވިދާޅުވޭ!

ގުޅުންހުރި

3 ޚިޔާލު

  1. varh nuba amaleh

  2. aharen bunaanee rasoolaage mooriyhi hadheethfulhun buna gothugaa emeehun vanee emeehun amillayah allah ge kibain corfa yah edifaa/korfayah dhauvath deefa

  3. މާތްﷲ އަޅުގަނޑުމެން ދިވެހިން މިފަދަ ނުބައި ޢަމަލުތަކުން ރައްކާތެރި ކޮށްދެއްވާށި!

Your email address will not be published.

More in ވާހަކަ