ދަރުސް ޚަބަރު މިރޭ ބާއްވާ ޝައިޚް އިލްޔާސްގެ "ޙައްލު" ދަރުސް ދަރުބާރުގެ އަށް ބަދަލުކޮށްފި

މިރޭ ބާއްވާ ޝައިޚް އިލްޔާސްގެ "ޙައްލު" ދަރުސް ދަރުބާރުގެ އަށް ބަދަލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙުސައިން ހަބީބް

”The Solution" - "ޙައްލު" ގެ ނަމުގައި މިރޭ 20:45 ގައި ބާއްވާ ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސް ދަރުބާރުގެ ދޮށިމޭނާ މާލަމަށް ބަދަލުކޮށްފިއެވެ.

ކުރިން އަލިމަސް ކާނިވަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ދަރުބާރުގެ އަށް ބަދަލުކުރެވިފައިވަނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ކަމަށް ޢަދާލަތު ޕާޓީގެ އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވިއެވެ.

މިދަރުސް އެމް.އެން.ބީ.ސީ ވަން އާއި ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ހާމަކުރެވެ. މިދަރުސް އަޑުއެހުމަށްޓަކައި ހުރިހާ ރައްޔިތުންނަށް އެފަރާތުން ދަޢުވަތު އަރުވައެވެ.

މިއަހަރު ޖެނުއަރީ 29 ގައި ޢަދާލަތު ޕާޓީގެ ފާރާތުން ބޭއްވި "ދިރިއުޅުމުގެ މަޤްޞަދު" ދަރުސް ވެސް އަލިމަސް ކާނިވަލުގައި ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށް، މޫސުން ތަން ނުދިނުމުގެ ސަބަބުން ދަރުބާރުގޭގައި ވަނީ ބާއްވާފައެވެ.

" - ”The Solution"ޙައްލު" ގެ ނަމުގައި މިރޭ 20:45 ގައި ބާއްވާ ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސް ދަރުބާރުގެ ދޮށިމޭނާ މާލަމަށް ބަދަލުކޮށްފިއެވެ.

ކުރިން އަލިމަސް ކާނިވަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ދަރުބާރުގެ އަށް ބަދަލުކުރެވިފައިވަނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ކަމަށް ޢަދާލަތު ޕާޓީގެ އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވިއެވެ.

މިދަރުސް އެމް.އެން.ބީ.ސީ ވަން އާއި ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ހާމަކުރެވެ. މިދަރުސް އަޑުއެހުމަށްޓަކައި ހުރިހާ ރައްޔިތުންނަށް އެފަރާތުން ދަޢުވަތު އަރުވައެވެ.

މިއަހަރު ޖެނުއަރީ 29 ގައި ޢަދާލަތު ޕާޓީގެ ފާރާތުން ބޭއްވި "ދިރިއުޅުމުގެ މަޤްޞަދު" ދަރުސް ވެސް އަލިމަސް ކާނިވަލުގައި ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށް، މޫސުން ތަން ނުދިނުމުގެ ސަބަބުން ދަރުބާރުގޭގައި ވަނީ ބާއްވާފައެވެ.

ޓެގް

ދަރުސް ވީޑިއޯ ދަރުސް، ޢަދާލަތު، ޝައިޚް އިލްޔާސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.