ރާއްޖޭގެ ޚަބަރު 'ޖަމްޢިއްޔަތުލް އަޚަވަތު'ގެ ނަމުގައި އުޚުތުންނަށް ހާއްސަ ޖަމިއްޔާއެއް ވުޖޫދަށް އަތުވެއްޖެ

'ޖަމްޢިއްޔަތުލް އަޚަވަތު'ގެ ނަމުގައި އުޚުތުންނަށް ހާއްސަ ޖަމިއްޔާއެއް ވުޖޫދަށް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އައިޝާ ޝަހޫ

'ޖަމްޢިއްޔަތުލް އަޚަވަތު'ގެ ނަމުގައި އުޚުތުންނަށް ހާއްސަ ޖަމިއްޔާއެއް ވުޖޫދަށް އަތުވެއްޖެއެވެ.

'އިސްލާމްދީނުގެ ހިޔަލުގައި އުޚްތުން' މިޝިޔާރުގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ މިޖަމިއްޔާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ. ފާތިމަތު ޝަރޯޒާ އާއި އަނާރާ ނައީމް އަދި އައިޝަތު އަތީޤާގެ މުއައްސިސްކަމުގެ ދަށުން ކުރިއަށްދާ މިޖަމިއްޔާއަށް މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ދިއިސްލާމްއަށް މައުޟޫމާތު ލިބިފައިވެއެވެ.

'އުޚްތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ އަޤީދާ ހިތްތަކުގައި އަށަގަންނުވަން އެންމެ ރަނގަޅު ވަގުތަކީ ކުއްޖާގެ ޅަދުވަސްވަރު ކަމަށްވާތީ، މިކަމުގައި އެންމެ އިސްރޯލެއް އަދާކުރެވޭނީ މަންމައިންނަށް ކަމަށްވާއިރު، އެކަމަށް މަގުފަހިވާނެ ގޮތްތައް އަންގައިދީ އެކަމަށް މަސައްކަތް ކޮށް، ދީނަށް ލޯބިކުރާ، ރަގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި އިތުރަށް ދީނުގެ ތަރަހައިގެ ތެރޭގައި އަންހެނުން، މުޖުތަމަޢު އަދި އިޤްތިޞާދު ވެސް އިޞްލާޙްކޮށް ބިނާކުރުމަށް މަސައްކަތްކުރުން.' މިމަޤްސަދުތަކުގެ މައްޗަށް ބިންގާ އެޅިފައިވާ މިޖަމިއްޔާއަކީ އުޚްތުންނަށް ހާއްސަ ޖަމިއްޔާއެކެވެ.

ޖަމިއްޔާއާއި ބެހޭގޮތުން އިތުރު މައުޟޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7824942 މިނަންބަރު މޯބައިލްއާކަމަށް 'ޖަމްޢިއްޔަތުލް އަޚަވަތު'ގެ ފަރާތުން ހާމަކުރައްވައެވެ.

ޖަމިއްޔާގެ ޤަވައިދު ވިދާޅުވޭ!

ޓެގް

އަޚަވާތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.