ރާއްޖޭގެ ޚަބަރު

ފަރެސްމާތޮޑާގައި އިސްލާމިކް ފެއަރއަކާއި ވޯކްޝޮޕްތައް ފެށިއްޖެ

ލިޔުނީ: އައިޝާ ޝަހޫ

ގދ. ފަރެސްމާތޮޑާގައި އިސްލާމިކް ފެއަރއަކާއި ވޯކްޝޮޕްތައް ފެށިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީއިން އިންތިޒާމް ކުރައްވައިގެން ބާއްވާ އިސްލާމިކް ފެއަރއަކާއި ވޯކްޝޮޕްތައް ފެށިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިހަރަކާތްތައް 3 ދުވަހަށް ދެމިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ.

ރާއްޖޭގައި ބޭއްވޭ ދެވަނަ އިސްލާމިކް ފެއާރގެ ގޮތުގައި ކުރިއަށްދާ މިފެއާރ އަށް ފަރެސްމާތޮޑާގެ ހުރިހާ ރައްޔިތުންހެން ޒިޔާރަތްކޮށްފައިވާކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.

ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި 'ކާމިޔާބު ދަރިވަރަކަށްވުން' މިމައުޟޫއަށް ބޭއްވުނު ވޯކްޝޮޕްގައި ތިން ދަންފަޅިއަކަށް ތިން ކަރުދާސްވަނީ ހުށައަޅާފައެވެ. ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނާއި، އައްޝައިޚް އަޙްމަދު ސަލީމް ޙުސައިން މައުޟޫމާތު ދެއްވި މި ވޯކްޝޮޕްގައި ފަރެސްމާތޮޑާގެ 135 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *