އަރަބިދުނިޔެ ހައްދުފަހަނަ އަޅައިފާވާ ޔަހޫދީން މަސްޖިދުލް އަޤްސާއަށްވަދެއްޖެ

ހައްދުފަހަނަ އަޅައިފާވާ ޔަހޫދީން މަސްޖިދުލް އަޤްސާއަށްވަދެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މުޙައްމަދު ވިޝާޙް

އިޒްރޭލުގެ ފުލުހުންގެ އެއްބާރުލުމާއެކު، ވަރަށް ގިނަ ޔަހޫދީންތަކެއް މަސްޖިދުލް އަޤްސާއަށް ވަދެއްޖެއެވެ. މި ކަން ހިނގައިފައިވަނީ މިދިޔަ ހޯމަ ދުވަހެވެ. ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަ ކުރާ ގޮތުގައި، އިޒްރޭލު ސިފައިންވަނީ މިމަހު 27 އާ ހަމައަށް ޔަހޫދީން ފާހަގަ ކުރާ އީދެއްގައި އެމީހުން ހިމާޔަތް ކުރުމަށްޓަކައި ވަރަށް ގިނަ ޗެކް ޕޮއިންޓްތަކެއް ގާއިމްކޮށްފައެވެ. މީގެ އިތުރުން އޫރުޝަލީމްގެ ވަރަށް ގިނަ މަގުތަކެއް ބަންދުކޮށްފައި ވުމުގެ ސަބަބުން އެ ވަށުގެ ރައްޔިތުންނަށް ވަނީ ވަދެ ނިކުމެ އުޅުން ދަތިވެފައެވެ. ނަމަވެސް ޔަހޫދީން ދަތުރު ކުރަމުން ދިޔަ ސަވާރީތަކަށް މިނިވަންކަމާއެކު ދަތުރުކުރުމުގެ ފުރުސަތުވަނީ ދީފައެވެ. މައުލޫމާތު ދޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި ޔަހޫދީންވަނީ އެމީހުންގެ އަޅުކަން އަދާކުރުމަށް އަލް ބުރާޤް ކޯޓްޔާޑަށް ދިޔަ މަގުމަތީގައި އޫރުޝަލީމްގެ މުސްކުޅި ޝަހަރުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯނާކޮށް އެބައިމީހުންގެ މުދަލަށް ގެއްލުން ދީފައެވެ. މީގެ އިތުރުން މަންޒަރުދުށް ފަރާތްތަކުން ހާމަކުރާ ގޮތުގައި އިޒްރޭލުގެ ސިފައިންގެ ހިމާޔަތުގައި ތިބި ޔަހޫދީންވަނީ އަލް މަޣަރްބާ ގޭޓް ހުރަސްކޮށް މަސްޖިދުލް އަޤްސާގެ ކޯޓްޔާޑަށާއި ސްކޮޔަރ އަށް ވަދެ އަޅުކަންކުރަންތިބި މުސްލިމުންނަށް އުނދަގޫކޮށްފައެވެ.

މައުލޫމާތު: ޕަލަސްޓައިން ޓެލެގްރާފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.