ލަންޑަންގައި ތައުލީމު ހާސިލް ކުރަމުންދާ އީރާނުގެ އަންހެން ކުއްޖެއް ބުރުގާ ނުބޭލުމުން ބަޔަކު އޭނައަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ. ޒަހްރާ ކަޒޭމީ ސާލިހް ނަމަކަށް ކިޔާ މި އަންހެން ކުއްޖާއަށް ހަމަލާ ދީފައިވަނީ އިނގިރޭސި ވިލާތުގެ ހަތަރު އަންހެނުންކަމަށް ޚަބަރު ލިބެއެވެ. މި ހަމަލާ ދީފައިވަނީ، ޒަހްރާ ސްކޫލުން އެނބުރި ގެޔަށް ދިޔަ މަގުމަތީގައެވެ.
ޒަހްރާ އަކީ، އިސްލާމިކް ސްޓޫޑެންޓް އެސޯށިއޭޝަންގެވެސް މެންބަރެކެވެ. ހަތަރު އަންހެނުން އޭނާއަށް ހަމަލާ ދީފައިވަނީ، ބުރުގާ ނެގުމަށް ބުނުމުން އެކަމަށް ޒަހުރާ ދެކޮޅު ހެދުމުނެނެވެ. މި ހަމަލާގެ ސަބަބުން ޒަހްރާގެ މޫނަށް ވަނީ އެކިވަރުގެ އަނިޔާތަށް ލިބިފައެވެ.
އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރުމަކީ އިނގިރޭސް ވިލާތުގައި އާންމުކަމަކަށް ވެފައި ވާއިރު، އެ ޤައުމުގައި އުޅެމުން ދާ 3 މިލިއަން މުސްލިމުންނަށް ވަނީ އެތަށް ދަތި ތަކަކާ ކުރިމަތިލާންޖެހިފައެވެ.
ބުރުގާއާ ދެކޮޅަށް ޔޫރަޕްގެ ގިނަ ޤައުމުތަކަކުން މަސައްކަތް ކުރަމުން ދާއިރު، ފަރަންސޭސް ވިލާތުގައިވެސް ވަނީ މިދިޔަ ހަފްތާގައި ބުރުގާ އެޅުން މަނާކުރާ ޤާނޫނަށް އަމަލުކުރަން ފަށައިފައެވެ. އަދި، ބެލްޖިއަމްގައިވެސް ބުރުގާ މިހާރު މަނާކޮށްފައިވާއިރު، ނެދަލޭންޑުގައިވެސް ބުރުގާ މަނާ ކުރާ ޤާނޫނެއް އެކުލަވާލުމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

















what did the president ahmeedaajd says?
this is the so called freedom of religion and civil rights
kobaa ehkala democracy? :P
އެއްކަލަ ޑިމޮކުރަސީއަކީ އެމީހުން އެމީހުންނަށް އޮންނަ އެއްޗެއް… އިސްލާމުންނާ ޖެހުނީމައި އޮންނަނީ ދިމާކުރާތީ… މުސްލިމުން ނިކަމެތިކޮށް ބީކޮށްލުމަށް މުސްލިމުންގެ ތެރޭގައި އެކަހަލަ ދަޢުވާތައް ފަތުރަނީ… އެއަށް ކިޔަނީ ޖާހިލިއްޔަތުގެ ގޮވެލި… ފަރެންސޭސި ވިލާތުން، މޫނު ބުރުގާ މަނާ ކުރީ، ކޮންތާނކު އޮތް ޑިމޮކުރަސީއެއްގެ އުޞޫލަކުން… މުސްލިމުންނާ ޖެހުނީމައި ހަމަ ބޭނުންހާ ގޮތެއް ހަދަންވީ… އެއަށް އެމީހުން ޑިިމޮކުރަސީއޭ ކިޔަނީ…. ދެން އަހަރެމެން މުސްލިމުން ޑިމޮކުރަސީއޭ ކިޔަނީ “އެމީހުންނަށް” ބޯލަނބައި ކިޔަމަންވުމަށް… ބުނާ ކޮންމެ އެއްޗެކަށް “އާދެ، ލައްބަ” ކިޔުން… “އެމީހުންނާ”އެކު ފައުޖުތައް ފޮނުވަން… އެމީހުންގެ ދަޢުލަތްތަކާއި ސިޔާސީ ގުޅުން ޤާއިމުކުރުމަށް… އެއީ އަހަރެމެން އަދާކުރަން ޖެހޭ ޑިމޮކުރަސީއަކީ… އެމީހުންނަށް އަޅުކަން ކުރުން… އެހެންނޫނީ، އެއީ ޑިމޮކުރަސީއެއް ނޫން، އެއީ ޓެރަރިޒަމް… ޓެރަރިސްޓް ދަޢުލަތެއް…. ދައްކަން ހުރި ވާހަކަތައް ވަރަށް ގިނަ… ނަމަވެސް، ކުރުކޮށްލަމެވެ.
ކުރާނެ ކުރާނެ. ބުރުގާވެސް މަނާކުރާނެ. ހުރިހާ ތާކުވެސް ކުރާނެ. އަދި މިރާއްޖޭގެ މަޖްލިހުގައިވެސްއ ކުރާނެ. އިސްލާމްދީން ދެކެ ނަފުރަތުކުރާ ބަޔަކު އުޅެންޔާ އެމީހުންނަށް ވާވަރަކުން ހުރިހާ ކަމެއްވެސް ހުއްޓުވާނެ. ބުރާ އެކަންޔެއްނޫން. އަދި އެހެންކަންތައވެސް މަނާ ކުރާނެ. އިސްލަމްދީން ކުރިއަރާތަން ދެކެފައި އެމީހުންނަށް ހަަމަ ހަޖަމުކުރަން ނުކެރެނީ
i think first of all u better spell the name of the president correctly. @ moosa
ކިތައްމެ ވަރަކަށް މަނާ ކުރިޔަސް ﷲ ސުބުހާނަހޫ ވަތަޢާލާގެ ދީން ނެތިގެން ނުދާނެ…………