ރާއްޖޭގެ ޚަބަރު ޞުލްޙަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރިކުރަން ވަޒީރުންގެ ނިންމުމާއި ދެކޮޅަށް ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއްނެރެފި

ޞުލްޙަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރިކުރަން ވަޒީރުންގެ ނިންމުމާއި ދެކޮޅަށް ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއްނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އ.ދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރިކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމާއި ދެކޮޅަށް ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއްނެރެފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ މިބަޔާނުގައި އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި "މުސްލިމުންނާއި ދެކޮޅަށް ކާފަރުންނަށް އެހީތެރިވެ، ހަނގުރާމައިގައި ކާފަރުންގެ ކޮޅުގައި ހުރެ މުސްލިމުންނާއި ދެކޮޅަށް ބައިވެރިވެއްޖެމީހާއީ އިސްލާމްދީނުގެ ހަފޮޅުންބޭރުވެ މުރުދައްދުވެއްޖެ މީހަކުކަމުގައި މުޅި އިސްލާމީ އުއްމަތް އިއްތިފާޤުވެފައިވާކަމަށާއި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މުސްލިމުންނާ އިދިކޮޅަށް ޢާންމުކޮށް ކުރެވޭ ހަނގުރާމަ ތަކަކީ މަޤްބޫލު އެއްވެސް ސަބަބެއް ދެއްކުމެއް ނެތި ހަމައެކަނި މުސްލިމުންކަމުގައި ވީތީ، ކުރެވެމުންދާ ހަނގުރާމަކަން ދުނިޔެއަށް ލޯ ހުޅުވިފައިވާ އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުމެ ދަންނާނެ." ކަމަށެވެ. އެޖަމިއްޔާއިން އިތުރުރަށް ހާމަކުރައްވާގޮތުގައި "ޙައްޤެއް ބާތިލެއް ވަކިނުވާ ހަނގުރާމަތަކުގައި ކާފަރުންނާއިއެކު އެއް ލަޝްކަރެއްގައި ވަނިކޮން އަނެއް ފަރާތުގެ ޙަމަލާތަކުން ފުރާނަ ނިކުމެގެން ހިނގައްޖެނަމަ އެހަށިގަޑެއް ދުނިޔޭއާއި އާޚިރަތުގައި ބަރުބާދުވީ ކަމުގައި ބެލުން' ހުރިކަމަށެވެ.

ދުނިޔޭގެ ކަންކޮޅުގައި ހަރަކާތްތެރިވާ 'ސުލްހަ ބަލަހައްޓާ ސިފައިން'ގެ ތެރެއަށް ދިވެހި ސިފައިން ފޮނުވުމަށް ވަޒީރުންގެ މަޖިލީހުންވަނީ ނިންމާފައެވެ. ރާއްޖޭގެ 'ސުލްހަ' ގެއްލިގެން އުޅޭ މިފަދަ ދަނޑިވަޅެއްގައި ބޭރުގައުމުތަކުގެ 'ސުލްހަ' ބެލެހެއްޓުމަށް ސިފައިން ފޮނުވަން ނިންމާފައިވުމުން ގިނަ ބަޔެއްގެ ފާޑު ކިޔުންދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

ސަލަފްގެ ބަޔާން ވިދާޅުވޭ!

ޓެގް

ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.