ރާއްޖޭގެ ޚަބަރު ބާމުޞްޙަފުތައް އެއްކޮށް ނައްތައިލުމަށްޓަކައި ހުކުރު ދުވަހު މާލޭގައި އެކިސަރަޙައްދުތަކުގައި ޕިކަޕުތަކުން ޙަރަކާތްތެރިވާނެ

ބާމުޞްޙަފުތައް އެއްކޮށް ނައްތައިލުމަށްޓަކައި ހުކުރު ދުވަހު މާލޭގައި އެކިސަރަޙައްދުތަކުގައި ޕިކަޕުތަކުން ޙަރަކާތްތެރިވާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް ޑެއިލީ

ކީރިތި  ޤުރުއާނާއި ބެހޭ  މަރުކަޒުން  އިސްނަންގަވައިގެން،   މާލޭގައި  ގޭބިސީތަކުގައި މިވަޤުތު  ހުރި  ބާމުޞްޙަފުތައް  އެއްކޮށް ، އެތަކެތި ރައްކާތެރިގޮތެއްގައި  ނައްތައިލުމަށްޓަކައި،   މި އޭޕްރީލް މަހުގެ  15  ވާ ހުކުރު ދުވަހު  ހެނދުނު  8:00  ގައި  މާލޭގައި އެކިސަރަޙައްދުތަކުގައި  ޕިކަޕުތަކުން  ޙަރަކާތްތެރިވާނެއެވެ.

މިމަސައްކަތުގައި  އެހީތެރިވުމަށްޓަކައި  ވޮލެންޓިއާކޮށް  ޕިކަޕް  އަދި  ލޮރި ގެންގުޅުއްވާ  ފަރާތްތަކުން  ހިލޭސާބަހަށް   މިފަދަ  އުޅަނދުތަކުގެ  އެހީވެދެއްވުމަށް  މަރުކަޒުން  އެދިވަޑައިގަންނަވައެވެ.   އަދި  ގެތަކުންވެސް  ބާމުޞްޙަފުތައް  އެއްކުރައްވައި  އެދުވަހު  އެގެއެއްގެ  ތިރިއަށް  ގެންނެވުމަށް  ވެސް  މަރުކަޒުން  އެދިވަޑައިގަންނަވައެވެ.  އަދި  ބާމުޞްޙަފުތައް  އެއްކުރުމުގައި  ޤުރުއާން  ތަރުޖަމާ  ހަވާލުނުކުރުމަށް  މަރުކަޒުން  އެދެއެވެ.

މިބާމުޞްޙަފުތައް  އަންދާލުމުގެ  މަސައްކަތް  ކުރިއަށްގެންދާނީ  އެމްއެންޑީއެފް  އިންނެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.