ރާއްޖޭގެ ޚަބަރު ޒަކާތުގެ ޤާނޫނާއެކު މުދަލު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މީރާ އާ ހަވާލުކޮށްފި

ޒަކާތުގެ ޤާނޫނާއެކު މުދަލު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މީރާ އާ ހަވާލުކޮށްފި

ޒަކާތުގެ ޤާނޫނާއެކު މުދަލު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މީރާ އާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޒަކާތުގެ ޤާނޫނާއެކު މުދަލު ޒަކަތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރުއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތާބެހޭ ޤާނޫނު މާދަމާ ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. މި ޤާނޫނަކީ މިމަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި ޤާނޫނެކެވެ. ޒަކާތުގެ ޤާނޫނުގެ މައިގަނޑު މަޤުޞަދަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި މުދަލުގެ ބާވަތްތައް ކަނޑައެޅުމެވެ.

ވަޒީރުގެ ވާހަކަފުޅުގައި ޒަކާތު ހައުސްއަށް ޤާނޫނީ ހައިސިއްޔަތު ލިބިގެން ދިޔައީ ވަރަށް ގިނަ ދުވަސްވަންދެން ކުރި މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. އަދި އައު ޤާނޫނުގެ ދަށުން ޒަކާތު ކައުންސިލްގައި މީރާ ތަމްސީލުކުރުމުގެ ފުރުޞަތު އޮތުމަކީ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. "ޒަކާތުގެ ކަންކަމުގެ އިތުރުން ޞަދަޤާތުގެ ކަންކަމުގައާއި ވަޤުފު ފަންޑުތަކަށް ފައިސާ ޖަމާކުރުމުގެ ކަންކަމުގައިވެސް މީރާއިން ވަނީ ވަރަށް މަތީ ދަރަޖައިގައި އެއްބާރުލުން ދެއްވާފައި،" ވަޒީރު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ، ޤާނޫނެއްގެ ދަށުން މި މަސައްކަތް ހަވާލުކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީރާގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި ޑިޖިޓަލައިޒޭޝަނަށް އިސްކަންދީފައިވާނެ ކަމަށާއި، އޭގެ ތެރޭގައި ޒަކާތުގެ ކަންކަން ކުރިއެރުވުން ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ކޮންމެ ތާކު ތިބެ ކޮންމެ ވަގުތަކުވެސް ފައިސާ ދެއްކޭނެ ފަދަ ފުރުޞަތު މީރާގައި އޮތުން،" މިއީ މީރާގެ މުހިންމު އަމާޒެއްކަން ޒަރީރު ފާހަގަކުރެއްވިއެވެ.

ޒަކާތުގެ ޤާނޫނުގެ ދަށުން ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ އުޞޫލުތައް ވަނީ ކަނޑައަޅާފައެވެ. މީރާއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުން 2016 ވަނަ އަހަރުން ފެށިގެން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް، އައު ޤާނޫނާއެކު މި ނިޒާމު އިތުރަށް ހަރުދަނާވެ، ދެފުށް ފެންނަ ގޮތަކަށް ކުރިއަށްދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ޓެގް

ޒަކާތު ހައުސް މީރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.