ރާއްޖޭގެ ޚަބަރު ޕީސް ފައުންޑޭޝަންގެ “ސުޖޫދް” ޞަލާހް ފޯ ކިޑްސް މާދަމާ ފަށަނީ

ޕީސް ފައުންޑޭޝަންގެ “ސުޖޫދް” ޞަލާހް ފޯ ކިޑްސް މާދަމާ ފަށަނީ

ޕީސް ފައުންޑޭޝަންގެ “ސުޖޫދް” ޞަލާހް ފޯ ކިޑްސް މާދަމާ ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސް ފައުންޑޭޝަންގެ “ސުޖޫދް” ޞަލާހް ފޯ ކިޑްސް ވޯކްޝޮޕް މާދަމާ ފަށާނެއެވެ.

މި ވޯކްޝޮޕް މާދަމާ މާލޭގައި ފަށާއިރު މި ވޯކްޝޮޕްގައި ބައިވެެރިވާނީ 8އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނެވެ. 31 ޑިސެމްބަރު 2025 ން 1 ޖެނުއަރީ 2026 އަށް މާލޭގައި މި ވޯކްޝޮޕް އޮންނައިރު ޖެނުއަރީ 3 އިން 4 އަކަށް މި ވޯކްޝޮޕް ހުޅުމާލޭގައި ވެސް ކުރިއަށް ގެންދާނެއެވެ.

މި ވޯކްޝޮޕްގައި ބައިވެެރިވާ ކުދިންނަށް މަޢުލޫމާތު ދެއްވާނީ އޮސްޓްރޭލިޔާގެ ޢިލްމިވެރިއެއް ކަމަށްވާ އަބޫ މުޙައްމަދު ނަސީމެވެ.

މި ވޯކްޝޮޕްގައި ކުޑަކުދިންގެ ފިކުރާ ގުޅޭ ގޮތަށް ނަމާދާއި ގުޅުން ހުރި ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެވިގެން ދާނެއެވެ. އެގޮތުން ނަމާދަކީ ކޮބައިކަމާ، ބަންގި އާއި ނަމާދު ޤާއިމް ކުރުމާ، ވުޟޫ، ހިނައިގަތުން، ތަޔައްމުމް ކުރުން ނަމާދަށް ފަހު ކިޔާނެ ޒިކުރުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ނަމާދުކުރަނީ ކީއްވެ ކަމާއި ނަމާދުން ލިބޭ ރޫޙާނީ ފައިދާ އާއި އެހެނިހެން ފައިދާތައް ބުނެދެވޭނެއެވެ.

މީގެ ކުރިންވެސް ޕީސް ފައުންޑޭޝަނުން ޝެއިޚް ނަސީމްއާއި އެކު ކުޑަކުދިންނަށް މިފަދަ ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްދެއްވާފައިވެއެވެ.

ޓެގް

ސުޖޫދް ޕީސް ފައުންޑޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.