ރާއްޖޭގެ ޚަބަރު މިއަންނަ ރަމަޟާން މަހަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމަށް ވިސާއަށް އެދުމަށް ހުޅުވާލައިފި

މިއަންނަ ރަމަޟާން މަހަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމަށް ވިސާއަށް އެދުމަށް ހުޅުވާލައިފި

މިއަންނަ ރަމަޟާން މަހަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމަށް ވިސާއަށް އެދުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަންނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރުމަށް، ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމަށް ވިސާއަށް އެދުމުގެ ފުރުޞަތު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، ރޯދަ މަހު މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރުމަށާއި ޙިފްޡް ކުރުމަށް ޤާރީން ނުވަތަ ޙާފިޡުން ގެނައުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް މިހާރު އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއެއް ނުދައްކައި، އެ ފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ސްޕެޝަލް ވިޒާއެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކުން އިމުގާ ޕޯޓަލް މެދުވެރިކޮށް، ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ޙާފިޡުގެ ޕާސްޕޯޓު ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއަކާއި ޕާމިޓް ޑެކްލަރޭޝަން ހިމެނެއެވެ.

މީގެ އިތުރުން، ސްޕެޝަލް ވިޒާ ދޫކުރެވޭ ޙާފިޡުންނާއި ޤާރީން ރާއްޖެ އަންނައިރު، އެފަރާތްތަކުގެ ޢާއިލާގެ މެންބަރަކު ރާއްޖެ ގެންނަނަމަ، އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސަރޝިޕް ޑެކްލަރޭޝަނަށް ހުށަހަޅައި، ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެއެވެ. މިގޮތަށް ހުއްދަ ހޯދައިގެން އަންނަ ޢާއިލާގެ މެންބަރުންނަށް ރާއްޖޭގައި ހުރުމަށް ޓޫރިސްޓު ވިސާ ދޫކުރާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، މި ފަރާތްތަކުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި، އެފަރާތްތަކުގެ ވިޒާގެ ކަންތައް ޤަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ދޫކުރައްވާފައިވާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ވިޒާގެ މުއްދަތު ހަމަވުމުގެ ކުރިން އެފަރާތްތައް ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީވެސް އެ ފަރާތްތަކުން ކުރަންޖެހޭނެ ކަމެކެވެ.

ޓެގް

ޙާފިޡުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.