ރާއްޖޭގެ ޚަބަރު މިރޭ ހުޅުމާލެ ފޭސް 2ގައި ޝެެއިޚް ސަމީރުގެ ދަރުސްއެއް

މިރޭ ހުޅުމާލެ ފޭސް 2ގައި ޝެެއިޚް ސަމީރުގެ ދަރުސްއެއް

މިރޭ ހުޅުމާލެ ފޭސް 2ގައި ޝެެއިޚް ސަމީރުގެ ދަރުސްއެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި އާންމުންނަށް ހާއްސަ ދީނީ ދަރުހެއް މިރޭ އޮންނާނެއެވެ.

'ފޭރާން' މި މައުޟޫއަށް ބާއްވާ މި ދަރުސްގައި ވާހަކަފުޅު ދައްކަވާނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. މި ހަރަކާތް ކުރިއަށް ދާނީ މިރޭ 08:30 ގައި، ހުޅުމާލޭގެ ރުއްގަނޑު 3 ސަރަހައްދުގައެވެ.

މި ދަރުހުގެ މައިގަނޑު ބޭނުމަކީ އިސްލާމީ އަގީދާއާއި ޝަރީޢަތާ ގުޅުންހުރި ކަންކަމުގައި އާންމުން ހޭލުންތެރިކުރުވައި، ދީނީ ހިދުމަތްތައް ފުޅާކުރުމެވެ. އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީގެ ވަރަށް ބޮޑު އެދުމެކެވެ.

މި ދަރުސްގައި ބައިވެރިނުވެވޭ ފަރާތްތަކަށް 'ދާރިސް ޓީވީ' މެދުވެރިކޮށް މި ހަރަކާތް ވަގުތުން ބަލާލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ މިހާތަނަށް ޖަމްޢިއްޔަތުއްސަލަފުން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާފައެވެ. މިފަދަ ކަންކަމުގައި އެޗްޑީސީން އަބަދުވެސް އެ ޖަމިއްޔާއަށް އެއްބާރުލުން ދެމުން އަންނަކަން ފާހަގަކުރެވެއެވެ.

ޓެގް

އައްޝައިޚް އަޙްމަދު ސަމީރު ޖަމިއްޔަތުއް ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.