ރާއްޖޭގެ ޚަބަރު ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމަށާއި، އެފަދަ ކަމެއް ކުރުމަކީ ޙަރާމްކަމެއް: ހުކުރު ޚުތުބާ

ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމަށާއި، އެފަދަ ކަމެއް ކުރުމަކީ ޙަރާމްކަމެއް: ހުކުރު ޚުތުބާ

ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމަށާއި، އެފަދަ ކަމެއް ކުރުމަކީ ޙަރާމްކަމެއް: ހުކުރު ޚުތުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމަށާއި، އެފަދަ ކަމެއް ކުރުމަކީ ޙަރާމްކަމެއްކަމުގައި ޢިލްމުވެރީން އިއްތިފާޤުވެވަޑައިގަންނަވާކަން މިއަދުގެ ހުކުރު ހުޠުބާގައި ހާމަކުރައްވައިފިއެވެ.

"ދުންފަތުން އިސްތިޢުމާލުކުރުމުގެ ގެއްލުން" މި މައުޟޫޢަށް ދެއްވި ޚުޠުބާގައި، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވައިލައްވާފައިވެއެވެ.

ޚުޠުބާގައި ވިދާޅުވީ މާތް ﷲ މި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް އުފައްދަވައި، އިންސާނުންނަށް އެ ތަކެތީގެ ބޭނުންހިފުން ފުޅާ ދާއިރާއެއްގައި ހުއްދަކުރެއްވިކަމަށެވެ. ނަމަވެސް، ޙަރާމްކުރައްވައިފައިވަނީ ނިސްބަތުން ވަރަށް މަދު އެއްޗެއްކަމަށާއި، އެއީ އެ ތަކެތީން ލިބިދާނޭ ބޮޑު ގެއްލުމަކަށްޓަކައިކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ދުންފަތަކީ، ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވާކަން ފާހަގަކުރައްވައި، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އަމިއްލަ އަތްތަކުން ތިމާމެންގެ ހަށިތައް ހަލާކުގެ ތެރެއަށް ވައްޓައިލާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ބުރަ މަސައްކަތުން ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދޭކަން ފާހަގަކުރެއްވިއެވެ. އަމިއްލަ ބޭނުންތަކަށާއި، އަނބިދަރީންނަށާއި ގާތްތިމާގެ މީހުންނަށް، އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި، އެއްވެސް ފިކުރެއް ނެތި، ތިމާގެ އަމިއްލަ އަތުން އަލިފާންޖަހައި، އަންދައިލަނީ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސިއްޙީ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވައިލައްވަމުން ޚުޠުބާގައި ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު. މީގެ އިތުރަށް، މި ކަމަކީ ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީޖަހައި، ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ކަން ކަމަށެވެ. އަދި އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ. މާބަނޑު އަންހެނުންނަށް ދުންފަތުގެ ސަބަބުން ދަރިފުޅު ބައިގެންދިއުމާއި، ވިހެއުމުގެ ކުރީން ދަރިފުޅު މަރުވުން ފަދަ ކަންތައްތަކަށް މަގުފަހިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، ސިނގިރޭޓެއް ބޮއި ނިމެންދެން، އެ މީހަކާ އެއް މަޖިލީހެއްގައި ހުރި މީހަކަށް، ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބުއިމުން ލިބޭނޭ ގެއްލުން ލިބޭކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، ތިމާގެ ވަށައިގެން އުޅޭ މީހުންނާއި، އަނބިދަރީންނާއި، ގާތްތިމާގެ މީހުންގެ މޫނާ ދިމާއަށް ދުންފަތުގެ ވިހަ ދުން ދޫކުރުން ހެޔޮނުވާނެކަމަށް ވިދާޅުވިއެވެ. އަދި ގޭތެރޭގައްޔާއި، މީހުން އެއްވެ އުޅޭ ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން، އެ ތަންތާނގައި ދިރިއުޅެމުންދާ ކުޑަކުދީންނަށް ދުޅަހެޔޮކަމާ އެކު ސާފު ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ގެއްލޭކަން އިޙްސާސުކުރެވޭތޯ ސުވާލުކުރެއްވިއެވެ. އެ ކުދީންނަކީ، މި ޙައްޤު ހޯދުމަށް ނުކުމެ، އެ ކަމާ ވަކާލާތު ކުރެވޭވަރުގެ ޤާބިލު ބަޔަކަށްނުވާ ހިނދު އެ ކުދީންގެ މި ޙައްޤުތައް ހޯދައިދިނުމީ ކޮންބަޔެއްގެ މަސްއޫލިއްޔަތެއްބާވައެވެ! ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. ވީއިރު، މި ސުންޕާ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، ވަރުގަދަ ޢަޒުމަކާއެކު ކުރިމަތިލާން ޖެހޭކަމަށާއި، ފުރަތަމަ ތިމާގެ އަމިއްލަ ނަފުސު، ދެން ޢާއިލާ، އެއަށްފަހު މުޖުތަމަޢު ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.

ޓެގް

ހުކުރު ޚުތުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.