މީހުން ދިރިއުޅޭ ރަށްތަކުގައި 'ބަނގުރާ ވިއްކުން' ހުއްދަ ނުދޭގޮތަށް ހަމަޖައްސައިފިއެވެ.
ދިއިސްލާމް އަށް ހަބަރު ލިބިފައިވާ ގޮތުގައި 'މިނިންމުން ނިންމާފައިވަނީ ސަރުކާރާއި އިސްލާމިކް މިނިސްޓްރީއާއި ދެމެދު ބޭއްވި މަޝްވަރާތަކަކަށްފަހު'ގައެވެ. އެހެނަސް މިޤަވައިދު އަނބުރާ ގެންދިޔަކަމުގައިވިޔަސް އެޤަވާއިދަށް އިސްލާހުތަކެއް ގެނައުމަށްވަނީ ނިންމާފައެވެ. މިމައްސަލާގައި ރައީސް ނަޝީދުވެސް ވިދާޅުވެފައިވަނީ ' ރައްޔިތުން ނޭދޭ ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރާނެ.' ކަމަށެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް އެންމެ ދުވަހަކަށްވެފައި ވަނިކޮށް ސަރުކާރުން މިނިންމުން އަނބުރާ ގެންގޮސްފައިވަނީ 'ބަނގުރާ ވިއްކުމާއި ދެކޮޅަށް' އެތައް ހާސް ބަޔަކު ލޮނުޒިޔާރަތްކޮޅަށް އެއްވެ ނުރުހުން ފާޅުކޮށްފައިވަނިކޮންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...